ހިޖުރަކުރާ ފަރާތްތަކަށް އެމެރިކާގެ ދޮރުތައް ބަންދުކުރަން ބުނާ ފަރާތްތަކަށް ކެރީގެ ވަރުގަދަ ރައްދެއް

ސީރިޔާއާއި އެހެނިހެން ގައުމުތަކުން އެމެރިކާއަށް ހިޖުރަ ކުރަމުން އަންނަ ފަރާތްތަކަށް އެމެރިކާއަށް ވަނުމުގެ ދޮރު ބަންދުކުރަން ޖެހޭ ކަމަށްބުނެ ވާހަކަދައްކާ ފަރާތްތަކަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް،...

10 Oct 2015 | 02:54

ސީރިޔާއާއި އެހެނިހެން ގައުމުތަކުން އެމެރިކާއަށް ހިޖުރަ ކުރަމުން އަންނަ ފަރާތްތަކަށް އެމެރިކާއަށް ވަނުމުގެ ދޮރު ބަންދުކުރަން ޖެހޭ ކަމަށްބުނެ ވާހަކަދައްކާ ފަރާތްތަކަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް، ވަރުގަދަ ރައްދެއް ދީފި އެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓްގައި އިއްޔެ އޮތް ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ކެރީ ވިދާޅުވީ އެމެރިކާ އާރާސްތު ކޮށް މިހާރު މިދެކޭ އެމެރިކާ އަކީ ހިޖުރަކުރި މީހުންގެ ހިއްސާ ބޮޑު އެމެރިކާއެއް ކަމަށެވެ.

ބައެއް ފަރާތްތަކުން ފާޑުކިޔަން ފަށާފައިވަނީ އަންނަ އަހަރު އެމެރިކާއަށް ހިޖުރަކުރާ އެއް ލައްކަ މީހުންނަށް އެގައުމުން ޖާގަ ދޭނެ ކަމަށް ބުނުމުންނެވެ. އެއްލައްކަ ޖާގައިގެ ތެރެއިން ދިހަ ހާސް ޖާގައަކީ ސީރިޔާ ދޫކޮށް ހިޖުރަކުރާ ފަރާތްތަކަށް ދެވޭނެ ޖާގަތައް ކަމަށް އެރިކާއިން ވަނީ ބުނެފަ އެވެ.

"ރައްކާތެރިކަން ބޭނުންވާ ވީހާވެސް ގިނަ ބަޔަކަށް ރައްކާތެރިކަން ދެވުމީ އެމެރިކާ ފަހުރުވެރިވާންވީ ކަމެއް، މިކަމަކީ ދެކޮޅު ހަދަންވީ ކަމެއް ނޫން" ކެރީ ވިދާޅުވި އެވެ.

ކެރީ އިތުރަށް ވިދާޅުވީ އެހެން ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ އެމެރިކާގެ ޑީއެންއޭގައިވެސް ވާކަމެއް ކަމަށާއި އެމެރިކާ ކުރިއަރާ ދިއުމުގެ އެއް އަސްލަކީވެސް އެއީ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް