އައިއެސް ޖަމާއަތާއި ދެކޮޅަށް ހަނގުރާމަކުރާ ފައުޖުތައް ތަމްރީނު ކުރުމުގެ ޕްރޮގްރާމް ހުއްޓާލަން އެމެރިކާއިން ނިންމައިފި އެވެ.
ފައުޖުތައް ތަމްރީނު ކުރުމުގެ މި ޕްރޮގްރާމަކީ 580 މިލިޔަން ޑޮލަރުގެ ޕްރޮޖެކްޓެއް ކަމަށްވާއިރު ޕްރޮގްރާމް ހުއްޓާލަން އެމެރިކާއިން ނިންމާފައިވަނީ އިއްޔެ އެވެ. އެމެރިކާގެ ޕެންޓަގަން އިން ބުނެފައިވަނީ ތަމްރީނު ކުރުމުގެ ބަދަލުގައި އެމެރިކާއިން މިހާރު ނިންމާފައިވަނީ އެ ފައުޖުތަކަށް ހަތިޔާރު ފޯރުކޮށްދިނުމަށެވެ.
ޕެންޓަގަން އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހަތިޔާރު ފޯރުކޮށްދޭ އިރުވެސް ވަކި މިންގަނޑަކަށް ބަލާނެ ކަމަށާއި ހަތިޔާރު ފޯރުކޮށްދެވޭނީ އެމެރިކާގެ "ވެޓިންގް ޕްރޮސެސް" އިން ފާސްވާ ފަރާތްތަކަށް ކަމަށެވެ. އެ ޕްރޮސެސްއަކީ ހަތިޔާރު ދެވޭ ފަރާތަކީ އައިއެސް ޖަމާއަތަކާއި އެއްވެސް ގުޅުމެއް އޮންނަ ފަރާތެއްތޯ ބަލާ ޕްރޮސެސް އެއް ކަމަށް ޕެންޓަގަން އިން ބުނެފައި ވެ އެވެ.
އެމެރިކާއިން މި ބަދަލު ގެނެސްފައިމިވަނީ ރަޝިޔާއިން ސީރިޔާގެ މަސްރަހުގެ ތެރެއަށް ވަދެގަތް ހިސާބުންކަން ފާހަގަ ކުރެވޭއިރު އަސަދުގެ ސަރުކާރަށް ވާގިވެރިވާ ގައުމުތަކުގެ ތެރޭގައި ރަޝިޔާ އަދި އީރާނު ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް