ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް)، ހޯމް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފިއެވެ.
މި ބަދަލުގެނައިކަން ހާމަކޮށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރި ދެންނެވުމެއްގައި ބުނެފައިވަނީ މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވޯކްސްގެ ދަށުން ހިންގަމުންދިޔަ "ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް" އަކީ މިއަދުން ފެށިގެން މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީގެ ދަށުން ހިންގަމުންދާ ތަނެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާފައިވާކަމަށެވެ.
މި ބަދަލާއެކު ފިޔަވަޅު އެޅުމާއި ގުޅުންހުރި، ޤާނޫނުތައް ތަންފީޒުކުރާ ގިނަ އިދާރާތަކެއް މިވަނީ ހޯމް މިނިސްޓްރީގެ ބެލުމުގެ ދަށަށް ބަދަލުކުރެވިގެން ގޮސްފައެވެ.
އެގޮތުން، ކަސްޓަމްސް، އިމިގްރޭޝަން، ނޭޝަނަލް ޑްރަގް އޭޖެންސީ އަދި ކޭމް ހިމެނޭހެން ގިނަ މުއައްސަސާތަކެއް މިހާރު މިވަނީ ހޯމް މިނިސްޓްރީގެ މެންޑޭޓްގެ ދަށަށް ބަދަލުކުރެވިގެން ގޮސްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް