ޒަކިއްޔާގެ މަރުގެ މައްސަލަ ތަހުގީގުކުރުމަށް ފުލުހުންގެ ހާއްސަ ޓީމެއް ހޮޅުދޫ އަށް ފުރައިފި

ނ. ހޮޅުދޫގައި ޒަޚަމްތަކަކާއި އެކު އޮއްވާ ފެނުނު ޒަކިއްޔާ މޫސާ މަނިކުގެ މަރުގެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންގެ ހާއްސަ ޓީމެއް ހޮޅުދޫއަށް ދިޔުމަށް ފުރައިފިއެވެ. އޭނާ ޒަޚަމްތަކަކާއި އެކު މަރުވެފައި ...

10 Sep 2024 | 09:08

ނ. ހޮޅުދޫގައި ޒަޚަމްތަކަކާއި އެކު އޮއްވާ ފެނުނު ޒަކިއްޔާ މޫސާ މަނިކުގެ މަރުގެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންގެ ހާއްސަ ޓީމެއް ހޮޅުދޫއަށް ދިޔުމަށް ފުރައިފިއެވެ.

އޭނާ ޒަޚަމްތަކަކާއި އެކު މަރުވެފައި އޮއްވާ ފެނުނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

އޭނާ ދިރިއުޅޭ ގޯތިތެރެއަށް ވެއްޓިފައި އޮއްވާ ފެނުނީ ކުނި ނަގަން ދިޔަ ބަޔަކަށް ކަމަށް މައުލޫމާތު ލިބެއެވެ.

އޭނާގެ ކަރަށް ތޫނު އެއްޗަކުން ހަމަލާ ދީފައިވާކަމަށް ވާހަކަތަކެއް ދެކެވޭ އިރު، މި މައްސަލައާއި ގުޅިގެން އިތުރު ތަފްސީލެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް