ގަތަރުގެ ސަފީރު، ރާއްޖޭގައި ހުރި ގަތަރުގެ އެންމެ ބޮޑު ފޮރިން އިންވެސްޓްމަންޓް އުރީދޫ މޯލްޑިވްސް އަށް ޒިޔާރަތް ކުރައްވައިފި!

ގަތަރުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ހިޒް އެކްސެލެންސީ ޖާސިމް ބިން ޖާބިރު ޖޭބީ އަލް-ސުރޫރަށް އުރީދޫ މޯލްޑިވްސް އަށް ޒިޔާރަތް ކުރައްވައިފިއެވެ. އެ ޒިޔާރަތުގައި ރާއްޖެއާއި ގަތަރާ ދެމެދު އޮތް ބ...

10 Sep 2024 | 08:45

ގަތަރުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ހިޒް އެކްސެލެންސީ ޖާސިމް ބިން ޖާބިރު ޖޭބީ އަލް-ސުރޫރަށް އުރީދޫ މޯލްޑިވްސް އަށް ޒިޔާރަތް ކުރައްވައިފިއެވެ. އެ ޒިޔާރަތުގައި ރާއްޖެއާއި ގަތަރާ ދެމެދު އޮތް ބަދަހި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، އުރީދޫ މޯލްޑިވްސްއަކީ ގަތަރުން ކުރާ އެންމެ ބޮޑު ފޮރިން އިންވެސްޓްމަންޓްގެ ގޮތުގައި ފާހަގަކުރެއްވިއެވެ.

އުރީދޫ މޯލްޑިވްސްގެ ސީއީއޯ ޚާލިދު އަލް ޚަމާދީ ގެ އިތުރުން އުރީދޫ މޯލްޑިވްސްގެ އިސް ވެރިން ހިޒް އެކްސެލެންސީއަށް ހޫނު މަރުހަބާއެއް ދަންނަވާފައިވެއެވެ. މި ބައްދަލުކުރެއްވުމުގައި، ރާއްޖޭގެ ޑިޖިޓަލް ލޭންޑްސްކޭޕް ކުރިއެރުވުމުގައި އުރީދޫ މޯލްޑިވްސްއިން ކުރަމުން ގެންދާ މަސައްކަތްތަކާއި، އިނޮވޭޝަން ކުރިއެރުވުމުގައި އުރީދޫ މޯލްޑިވްސްއިން އަދާކުރާ ދައުރާއި، މުޖުތަމަޢަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.

މި ދަތުރުފުޅުގައި އުރީދޫ މޯލްޑިވްސްގެ ހެޑްކުއާޓާސްއަށް ޒިޔާރަތްކުރައްވައި، ކުރަމުން ގެންދާ ހާއްސަ ޕްރޮޖެކްޓްތަކުގައި ހަރަކާތްތެރިވާ މުހިންމު ޓީމްތަކާ ބައްދަލުކުރައްވާފައިވެއެވެ.

މީގެ އިތުރުން ޑިޖިޓަލް އެކްސެސިބިލިޓީ އިތުރުކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މުޖުތަމައުތައް ބާރުވެރިކުރުވުމުގެ މަގްސަދުގައި އުރީދޫއިން ކުރިއަށް ގެންދާ މަސައްކަތްތަކާ ބެހޭ ގޮތުން ވެސް ސަފީރު ވަނީ މައުލޫމާތު ހޯދައްވާފައެވެ.

ސީއީއޯ ޚާލިދު އަލް ޚަމާދީ ވަނީ ސަފީރުގެ ދަތުރުފުޅުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، "އުރީދޫ މޯލްޑިވްސްއަށް ހިޒް އެކްސެލެންސީ ޖާސިމް ބިން ޖަބީރް ޖޭބީ އަލް-ސުރޫރު ޒިޔާރަތްކުރައްވާ އެ މަނިކުފާނަށް މަރުހަބާ ދެންނެވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ޝަރަފެއް" ކަމަށެވެ. އެމަނިކުފާނުގެ މި ދަތުރުފުޅުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި އޮތް ބަދަހި ގުޅުމާއި، ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޯމޭޝަން ހިންގުމުގައި އުރީދޫއިން އަދާކުރާ މުހިންމު ދައުރަށް ޔަޤީންކަން ލިބިގެންދާނެ ކަމަށް އޫރިދޫއިން ވަނީ ބުނެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް