ނުވަ މަސްދުވަހު ސަސްޕެންޝަންގައި ހުރުމަށް ފަހު މަލްޝާއާއި ޝިއުނާ އިސްތިއުފާ ދެއްވައިފި

ޔޫތު މިނިސްޓަރީގެ ޑެޕިއުޓީ މިނިސްޓަރު ކަމުގެ މަގާމުން މަރްޔަމް ޝިއުނާ އަދި މަލްޝާ ޝަރީފް އިސްތިއުފާ ދެއްވައިފިއެވެ. ޝިއުނާ އާއި މަލްޝާ މަގާމުން އިސްތިއުފާ ދެއްވާފައިވާކަން ދުވަސްއަށް ވަނީ ކަށަވަރު ކުރ...

10 Sep 2024 | 08:31

ޔޫތު މިނިސްޓަރީގެ ޑެޕިއުޓީ މިނިސްޓަރު ކަމުގެ މަގާމުން މަރްޔަމް ޝިއުނާ އަދި މަލްޝާ ޝަރީފް އިސްތިއުފާ ދެއްވައިފިއެވެ.

ޝިއުނާ އާއި މަލްޝާ މަގާމުން އިސްތިއުފާ ދެއްވާފައިވާކަން ދުވަސްއަށް ވަނީ ކަށަވަރު ކުރެވިފައެވެ. އިސްތިއުފާ ދެއްވީ ކޮން ސަބަބަކާއި ހުރެކަން އަދި އެބޭފުޅުން ހާމަކޮށްފައެއް ނުވެއެވެ.

މަލްޝާ އަދި ޝިއުނާ ސަސްޕެންޑް ކޮށްފައިވަނީ ސޯސަލް މީޑިއާގައި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީއަށް ފުރައްސާރަކުރުމުންނެވެ.

އެބޭފުޅުން ސަސްޕެންޑް ކޮށްފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ ކުރީކޮޅެވެ. ސަސްޕެންޝަން ގައި ހުރި ނަމަވެސް އެބޭފުޅުންނަށް މުސާރަ ހިނގައެވެ. އޭގެ ސަބަބުން އާއްމުންގެ ފާޑުކިޔުން އެބޭފުޅުންނަށް ވަނީ ވަރަށް ބޮޑަށް އަމާޒުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް