ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުންގެ މަގާމުގައި ތިއްބެވި މަލްޝާ ޝަރީފާއި މަރިޔަމް ޝިއުނާ، އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
މި ދެ ބޭފުޅުން މަގާމުން އިސްތިއުފާ ދެއްވިކަން އެ މިނިސްޓްރީގެ އިސް އޮފިޝަލަކު ދުވަހަށް ކަށަވަރުކޮށްދިނެވެ.
ޝިއުނާ އަދި މަލްޝާ އިސްތިއުފާ ދެއްވިނަމަވެސް އިސްތިއުފާ ދެއްވި ސަބަބު ހާމަކޮށްފައެއް ނުވެއެވެ.
އެހެންނަމަވެސް އިސްތިއުފާ ދެއްވިއިރު ދެބޭފުޅުންވެސް ފާއިތުވި އަށް މަސް ދުވަހު ތިއްބެވީ ސަސްޕެންޝަނުގައެވެ.
އެ ދެ ބޭފުޅުން މަގާމުން ސަސްޕެންޑު ކުރެވިގެންދިޔައީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ސޯޝަލް މީޑިއާގައި ފުރައްސާރަކުރި މައްސަލައެއްގައެވެ. ޝިއުނާ އަދި މަލްޝާއާއެކު ހަމަ އެ މިނިސްޓްރީގެ އިތުރު ޑެޕިއުޓީ މިނިސްޓަރެއް ކަމުގައިވާ މަހްޒޫމް މާޖިދުވެސް ސަސްޕެންޑުކޮށްފައިވެއެވެ. އެހެންނަމަވެސް މަހްޒޫމް އެ މަގާމުން އިސްތިއުފާ ދެއްވިކަން އަދި އެނގިއެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް