ހޮޅުދޫގައި 50 އަހަރުގެ އަންހެނެއްގެ ކަރަށް ތޫނު އެއްޗަކުން ހަމަލާތަކެއް ! – ނިޔާވެއްޖެ

ނ. ހޮޅުދޫގައި ޒަޚަމްތަކަކާއެކު އޮއްވާ ފެނުނު އަންހެނަކު ނިޔާވެއްޖެއެވެ. މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނީ އެ ރަށުގައި ގެއެއްގައި ޒަޚަމްތަކަކާއެކު އަންހެނަކު އޮތްކަމަށް މިއަދު ހެނދުނުގެ ވަގުތ...

10 Sep 2024 | 06:24

ނ. ހޮޅުދޫގައި ޒަޚަމްތަކަކާއެކު އޮއްވާ ފެނުނު އަންހެނަކު ނިޔާވެއްޖެއެވެ.

މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނީ އެ ރަށުގައި ގެއެއްގައި ޒަޚަމްތަކަކާއެކު އަންހެނަކު އޮތްކަމަށް މިއަދު ހެނދުނުގެ ވަގުތެއްގައި ރިޕޯޓެއް ލިބިގެން ފުލުހުން އެޓެންޑްވެ ރަށުގެ ހެލްތު ސެންޓަރަށް ގެންދިޔަ ކަމަށެވެ.

"އެމީހާ ނިޔާވެފައިވާކަމަށް ހެލްތު ސެންޓަރުން ފުލުހުންނަށް މައުލޫމާތު ދީފައިވޭ، އެއީ އުމުރުން 50 އަހަރުގެ ދިވެހި އަންހެނެއް" ފުލުހުން ބުނެފައިވެއެވެ.

ނިޔާވެފައި އޮއްވާ ފެނުނީ އެ ރަށު، މާރަނގަ، ޒަކިއްޔާ މޫސާ މަނިކެވެ.

ދުވަހަށް މައުލޫމާތުދެމުން އެ ރަށުން މައުލުމާތު ދިން މީހަކު ބުނީ އެ އަންހެން މީހާ، އެ މީހާ ދިރިއުޅޭ ގޯތިތެރެއަށް ވެއްޓިފައި އޮއްވާ ފެނުނީ ކުނި ނަގަން ދިޔަ މީހުންނަށް ކަމަށާއި ކަރަށް ވަޅިއަކުން ހަމަލާތަކެއް ދީފައިވާކަމަށް ރަށުތެރޭގައި ބުނާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް