މާދަމައަކީ ސަރުކާރު ބަންދު ދުވަހަކަށްވީނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އޮންނާނެ ކަމުގައި އެ އިދާރާއިން ބުނެފިއެވެ.
އެ އިދާރާއިން ބުނެފައިވަނީ ކުރެވިފައިވާ އެޖެންޑާއާއެކު މާދަމާގެ ޖަލްސާ ކުރިއަށްދާނެ ކަމަށެވެ.
މާދަމައަށް އެޖެންޑާކޮށްފައި އެމްޑީޕީން ހުށަހަޅާފައިވާ، ރައީސް ނަޝީދުގެ އިތުބާރުގެ މައްސަލަ ކުރިއަށްގެންދާނެ ގޮތަކާއިމެދު ގޮތެއް ނިންމުމެވެ.
މިކަން އެޖެންޑާކޮށްފައިވާއިރު ރައީސް ނަޝީދާއި އީވާގެ އިތުބާރުގެ މައްސަލަ އަނބުރާ ނަގަން އެމްޑީޕީން މިރޭ ވަނީ ނިންމާފައެވެ.
ދުވަހަށް މައުލޫމާތުދެއްވަމުން އެމްޑީޕީގެ ޕާލަމަންޓަރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް މިރޭ ވިދާޅުވީ އެކަން މަޖިލީހަށް ވެއްދުމަށް ކުރަންޖެހޭ ކަންކަން މިހާރު ކުރަމުން އަންނަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް