ރާއްޖޭގައި ތެދު ކުރިއަރާނެކަމަށް ކުރެވޭ އުންމީދު އައުވެއްޖެކަމުގައި ރިޔާސީ އިންތިހާބުގައި އަމިއްލަގޮތުން ވާދަކުރެއްވި ކެނޑިޑޭޓް، ހަސަން ޒަމީލް ވިދާޅުވެއްޖެއެވެ.
ޒަމީލް މިހެން ވިދާޅުވީ ޒަމީލަށް ތާއީދުކުރައްވައި ވޯޓުދެއްވި ފަރާތްތަކަށް ޝުކުރު އަދާކުރައްވައި ފޮނުއްވި މެސެޖެއްގައެވެ.
އެ މެސެޖުގައި ޒަމީލް ވިދާޅުވީ އޭނާއަށް ވޯޓު ދެއްވި އެންމެހައި ފަރާތްތަކަށް އިހްލާސްތެރި ޝުކުރު ދަންނަވާކަމަށެވެ.
"ވާދަކުރުމަށްޓަކައި ކުރެވުނު މަސައްކަތްތަކަށް ބަލާއިރު، ތިޔަ ދެއްވި ތާއީދުގެ ސަބަބުން ތެދު ކުރިއަރާނެކަމަށް ކުރެވޭ އުންމީދު އައުވެއްޖެ" ޒަމީލް ވިދާޅުވެފައިވެއެވެ.
ޒަމީލް ވަނީ ދެވަނަބުރަށް ވަޑައިގެންނެވި ދެ ކެނޑިޑޭޓުންނަށް ތަހުނިޔާވެސް ދަންނަވާފައެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓިލި 226،011 މީހުންގެ ތެރެއިން 329 ވޯޓު ޒަމީލަށް ލިބުނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް