މޮރޮކޯއަށް އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 2000 އިން މައްޗަށް އަރައިފި

މޮރޮކޯއަށް އައި ބާރުގަދަ ބިންހެލުމުގައި 2،000 އަށް ވުރެ ގިނަ މީހުން މަރުވުމާ ގުޅިގެން، މަރުވި މީހުންގެ ހިތާމައިގައި މޮރޮކޯގެ ރައްޔިތުން ހިތާމަ ފާޅުކޮށްފި އެވެ. މިހާތަނަށް އެ ގައުމަށް އައި އެންމެ ބާރުގ...

10 Sep 2023 | 17:14

މޮރޮކޯއަށް އައި ބާރުގަދަ ބިންހެލުމުގައި 2،000 އަށް ވުރެ ގިނަ މީހުން މަރުވުމާ ގުޅިގެން، މަރުވި މީހުންގެ ހިތާމައިގައި މޮރޮކޯގެ ރައްޔިތުން ހިތާމަ ފާޅުކޮށްފި އެވެ.

މިހާތަނަށް އެ ގައުމަށް އައި އެންމެ ބާރުގަދަ ބިންހެލުމުގައި 2،012 މީހުން މަރުވެ، 2،059 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާ އިރު، އޭގެ ތެރެއިން ގިނަ މީހުންގެ ހާލު ސީރިއަސް ކަމަށް ރަސްމީ އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ހުކުރު ދުވަހު އައި 6.8 މެގްނިޓިއުޑްގެ ބިންހެލުމުގައި ޓޫރިސްޓުންގެ މަރުކަޒު ކަމަށްވާ މަރަކޭޝްގެ ހުޅަނގު ދެކުނުން 72 ކިލޯމީޓަރު (45 މޭލު) ދުރުގައި ވާ ރަށްރަށުގެ މުޅި އަވަށްތައް ވަނީ ފުނޑުފުނޑުވެފަ އެވެ.

"އަހަރެންގެ ހުރިހާ އެއްޗެއް ގެއްލުނީ" އަނބިމީހާ އާއި ހަތަރު ދަރިން މަރުވި މައުލޭ ބްރަހިމްގެ މައުންޓަން ވިލެޖްގައި ދިރިއުޅޭ ލަހްސެން ބުންޏެވެ.

ކުރިން އެމީހުން ދިރިއުޅެމުން ދިޔަ ގެއެއްގެ ކުނިތަކުގެ ތެރެއިން ލަހްސެންގެ ތިން އަންހެން ދަރިންގެ ހަށިތައް ރެސްކިއު ވޯކަރުން ހޯދި ނަމަވެސް އޭނާގެ އަންހެނުންނާއި ދަރިފުޅުގެ ހަށިގަނޑެއް އަދި ފެނިފައެއް ނުވެއެވެ.

"އަހަރެންނަކަށް މިހާރު އެއްވެސް ކަމެއް ނުކުރެވޭނެ، އަހަރެން ބޭނުމީ ދުނިޔެއާ ދުރަށް ގޮސް ހިތާމަކުރަން."

ހާލުގައި ޖެހިފައިވާ މީހުން އަދިވެސް ތާށިވެފައިވާ ކަމުގެ ބިރު ހީވެފައިވާ ފަރުބަދަތަކުގެ އަވަށްތަކަށް ދިއުމަށް ސިފައިންނާއި އިމަޖެންސީ ސާވިސަސް އިން ވަނީ މަސައްކަތް ފަށައިފަ އެވެ.

އެންމެ ގިނަ މީހުން މަރުވެފައިވަނީ ބިންހެލުން އައި މައި މަރުކަޒު އޮތް އަލްހައުޒް ޕްރޮވިންސުން ނެވެ. އެ ޕްރޮވިންސްއިން 1،293 މީހުން މަރުވަފައިވެއެވެ. ދެވަނައަށް އެންމެ ގިނަ މީހުން މަރުވެފައި ވަނީ ތަރޫދާންތު ޕްރޮވިންސްގަ އެވެ. އެ ޕްރޮވިނސް އިން 452 މީހުން ވަނީ މަރުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް