މާދަމާވެސް ސަރުކާރު ބަންދު

މާދަމާއަކީވެސް ސަރުކާރު ބަންދު ދުވަހެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފިއެވެ. މިކަން ހާމަކުރައްވާ ރައީސް އޮފީހުން ބުނެފައިވަނީ މިގޮތަށް ހަމަޖެއްސެވީ ރިޔާސީ އިންތިހާބާ ގުޅޭ އެކި އެކި މަސައްކަ...

10 Sep 2023 | 16:43

މާދަމާއަކީވެސް ސަރުކާރު ބަންދު ދުވަހެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފިއެވެ.

މިކަން ހާމަކުރައްވާ ރައީސް އޮފީހުން ބުނެފައިވަނީ މިގޮތަށް ހަމަޖެއްސެވީ ރިޔާސީ އިންތިހާބާ ގުޅޭ އެކި އެކި މަސައްކަތްތަކުގައި، ހަރަކާތްތެރިވި ސަރުކާރުގެ ގިނަ އަދަދެއްގެ މުވައްޒަފުންނާއި އާންމު ރައްޔިތުން، ވޯޓާ ގުޅިގެން ކުރަންޖެހުނު އެންމެހައި މަސައްކަތްތައް އަދި ނުނިމޭތީ ކަމަށެވެ.

އަދި މި ނިންމުން މިގޮތަށް ނިންމީ އިލެކްޝަންސް ކޮމިޝަނުންވެސް މިކަމަށް އެދިވަޑައިގެންފައިވާތީ ކަމުގައިވެސް ރައީސް އޮފީހުން ހާމަކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް