ޖީ-20: އިންޑިއާގެ ބޮޑުވަޒީރު މޯދީއާ ބޮޑުވަޒީރު ހަސީނާ ބައްދަލުކުރައްވައިފި

އިންޑިއާގެ ބޮޑުވަޒީރު މޯދީއާ ބަނގްލާދޭޝްގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ ބައްދަލުކުރައްވައިފި ޖީ-20 ސަމިޓްގެ ހަވާސާގައި ބައްދަލުކުރައްވައިފިއެވެ. މި ބައްދަލު ކުރެއްވުމުގައި، ބަންގްލަދޭޝްގައި ހިމާޔަތް ހޯދާފ...

10 Sep 2023 | 16:11

އިންޑިއާގެ ބޮޑުވަޒީރު މޯދީއާ ބަނގްލާދޭޝްގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ ބައްދަލުކުރައްވައިފި ޖީ-20 ސަމިޓްގެ ހަވާސާގައި ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލު ކުރެއްވުމުގައި، ބަންގްލަދޭޝްގައި ހިމާޔަތް ހޯދާފައިވާ ރޮހިންޖާ ދަރިކޮޅުގެ މީހުން އަވަހަށް އަނބުރާ ގައުމަށް ފޮނުވާލުމުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އެހީތެރިކަމަށް ބޮޑުވަޒީރު ޝެއިޚް ހަސީނާ އެދިވަޑައިގެންނެވިއެވެ.

މޯދިއާއި ހަސީނާގެ ބައްދަލުވުމަށް ފަހު އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ ހޮޓަލެއްގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބަނގްލާދޭޝްގެ ފޮރިން މިނިސްޓަރު އޭކޭ އަބްދުލް މޮމެން ވިދާޅުވީ ޝައިޚް ހަސީނާ މި އެހީތެރިކަމަށް އެދިވަޑައިގަތީ މިދިޔަ ހުކުރު ދުވަހު ޖީ-20 ސަމިޓުގެ މުނާސަބަތުގައި އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި މޯދީއާ އެކު ބޭއްވެވި ބައިލެޓްރަލް ބައްދަލުވުމުގައި ކަމަށެވެ.

އަދި މި ބައްދަލުކުރެއްވުން ބޭއްވީ ވަރަށް އެކުވެރި މާހައުލެއްގައި ކަމަށް ވިދާޅުވިއެވެ. ދެ ގައުމުގެ ބޮޑުވަޒީރުން ވެސް ވަނީ ދެ ގައުމުގެ މަސްލަހަތު ހިމެނޭ މުހިންމު ކަންކަމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާފަ އެވެ. މީގެ އިތުރުން ދެ ބޮޑުވަޒީރުންގެ މެދުގައި ވަނީ އަމިއްލަ ބައްދަލުވުމެއްވެސް ބާއްވައިފައި ކަމަށް އޭނާ ވިދާޅިއެވެ.

އަދި ބަންގްލަދޭޝް އާއި އިންޑިއާއާ ދެމެދު މިހާރު އޮތް ގާތް ގުޅުމާ މެދު ދެ ގައުމުގެ ބޮޑުވަޒީރު ވެސް ހިތްހަމަޖެހުން ފާޅުކުރައްވާ، އެ ގުޅުން އިތުރަށް ބަދަހިކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް އެއްބަސްވެވަޑައިގެންނެވި ކަމަށް ވިދާޅުވި އެވެ.

ފޮރިން މިނިސްޓަރު ވިދާޅުވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 4-8 ވަނަ ދުވަހު އިންޑިއާގެ ވެރިރަށް ނިއުދިއްލީއަށް ކުރެއްވި ކާމިޔާބު ރަސްމީ ދަތުރުފުޅަށްފަހު، ދެ ގައުމުގެ މަސްލަހަތާ ގުޅުންހުރި އެކި ދާއިރާތަކުން ފެންނަން ހުރި ގިނަ ކުރިއެރުންތަށް މި ބައްދަލުވުމުގައި ބޮޑުވަޒީރު ފާހަގަކުރެއްވި ކަމަށެވެ. އެކަމާ ގުޅިގެން ދެ ބޭފުޅުން ވެސް ވަނީ ހިތްހަމަޖެހުން ފާޅުކުރައްވައިފަ އެވެ. މި ބައްދަލުކުރެއްވުމުގައި، އިޖްތިމާޢީ އަދި އިޤްތިޞާދީ އެކި ދާއިރާތަކުން ބަންގްލަދޭޝްއިން ހޯދާފައިވާ ކާމިޔާބީތަކުގެ މަޢުލޫމާތު ބޮޑުވަޒީރު ވަނީ އިންޑިޔާގެ ބޮޑުވަޒީރާ ޙިއްޞާކުރައްވާފައެވެ. އިންޑިއާގެ ބޮޑުވަޒީރު ވަނީ ބަންގްލަދޭޝްގެ ކުރިއެރުމަށް ބޮޑުވަޒީރުގެ ހަރުދަނާ ލީޑަރޝިޕަށް ތައުރީފް ކުރައްވާފައެވެ.

އިންޑިއާގެ ބޮޑުވަޒީރު ވަނީ އެގައުމުގެ އިރުއުތުރު ސަރަޙައްދުގައި މިހާރު އޮތް ސުލްހަވެރި ޙާލަތު ކަށަވަރުކޮށްދިނުމުގައި ބޮޑުވަޒީރު ދެއްވާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ.

މޮމެން އިތުރަށް ވިދާޅުވީ އިންޑިއާގެ ބޮޑުވަޒީރު ވަނީ ރަސްމީ ފެންވަރުގައި މަޝްވަރާކޮށްގެން ދެ ގައުމުގެ މެދުގައި ނުނިމި ހުރި މައްސަލަތައް ހައްލުކުރުމަށް ބާރު އަޅުއްވާފައެވެ. އަދި އިންޑިއާއިން އަޅުގަނޑުމެންގެ ޒަރޫރީ ބާވަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށް ބޮޑުވަޒީރު ވަނީ އިންޑިއާ ސަރުކާރުގެ ކިބައިން އެދިވަޑައިގެންފައެވެ. މި ބައްދަލުކުރެއްވުމުގައި، އިންޑިޔާއާއި ރޭލް އަދި ރޯޑް ކަނެކްޓިވިޓީ ހިމެނޭގޮތަށް ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި ޙަރަކާތްތައް ހަލުވިކުރެއްވުމަށް ދެބޭފުޅުން ވަނީ އެއްބަސްވެވަޑައިގެންފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް