ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ފާރިސް މައުމޫން ހޯއްދެވި ކާމިޔާބީއަކީ ހަމައެކަނި ފެށުމެއް ކަމުގައި ފާރިސްގެ ބައްޕާފުޅު އަދި ކުރީގެ ރައީސް، ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ ފާރިސްގެ ކެމްޕޭނުގައި މަސައްކަތްކޮށްދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރުދަންނަވައި ކުރެއްވި ޓްވީޓެއްގައެވެ.
"މިއީ ހަމައެކަނި ފެށުމެއް، ކުރިއަށްއޮތީ ފުރިހަމަ ކާމިޔާބީ" ރައީސް މައުމޫން ވިދާޅުވެފައިވެއެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ފާރިސް މައުމޫނަށް ތިން ހާސް ވޯޓު ލިބިފައިވާއިރު އެ އަދަދަކީ ކުރިން ބޮޑު އަދަދެއް އިންތިހާބުތަކުން ހޯދާ ގާސިމް އިބްރާހިމަށް ލިބުނު އަދަދާއި ގާތް އަދަދެކެވެ. އަދި މިލިޔަނުން ހަރަދުކޮށް ގިނަ ދުވަސްތަކެއް ވަންދެން ދުރާލާ ކެމްޕޭނުކޮށް ރާއްޖޭގެ ގިނަ ރަށްރަށަށްވެސް ކެމްޕޭނަށް ވަޑައިގެންނެވި އެމްއެންޕީގެ ކެނޑިޑޭޓް މުހައްމަދު ނާޒިމަށްވުރެ ބޮޑުތަނުން ރަނގަޅު ނަތީޖާއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް