ތިންވަނަ ލިބުނު ޑިމޮކްރެޓްސްއިން އުފާ ފާޅުކުރަން ހަވީރު ސައެއް ބާއްވަނީ

އިއްޔެ ނިމުނު ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ތިންވަނަ ލިބުނު ދަ ޑިމޮކްރެޓްސްއިން އެކަން ފާހަގަ ކުރުމަށްޓަކައި މިއަދު ހަވީރު ސައެއް ބޭއްވުމަށް ނިންމައިފިއެވެ. އިންތިހާބުގެ ފުރަތަމަ ބުރުގައި 45.1...

10 Sep 2023 | 09:30

އިއްޔެ ނިމުނު ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ތިންވަނަ ލިބުނު ދަ ޑިމޮކްރެޓްސްއިން އެކަން ފާހަގަ ކުރުމަށްޓަކައި މިއަދު ހަވީރު ސައެއް ބޭއްވުމަށް ނިންމައިފިއެވެ.

އިންތިހާބުގެ ފުރަތަމަ ބުރުގައި 45.1 އިންސައްތައާއެކު އެއްވަނަ ހޯއްދެވީ ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއެވެ. އަދި 38.2 އިންސައްތައާއެކު ދެވަނަ ހޯއްދެވީ އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

އެހެންކަމުން ދެވަނަ ބުރުގައި ވާދަ ކުރައްވާނީ އެ ދެބޭފުޅުންނެވެ.

ފުރަތަމަ ބުރުގައި ތިންވަނަ ހޯއްދެވީ ރައީސް ނަޝީދު ނިސްބަތްވާ ޕާޓީ، ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެނޑިޑޭޓް އިލްޔާސް ލަބީބެވެ. އިލްޔާސަށް ލިބިވަޑައިގެންނެވީ6.9 އިންސައްތައެވެ.

https://twitter.com/TheDemocratsMV/status/1700789398974112215

ޑިމޮކްރެޓްސްއިން ބުނީ، އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް އިލްޔާސް ލަބީބާއި ރަނިންމޭޓް ހުސައިން އަމްރޫ މުހައްމަދު ރަޝާދާއެކު މިއަދު ހަވީރު4:30 ގައި ދޮންމަނިކް ސްކައި ވިއު ގައި ސައެއް އޮންނާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް