ދެވަނަ ބުރުގެ ވޯޓުލުން މި މަހު 30ގައި، ރީ ރަޖިސްޓަރ ވެވޭނެ!

ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ މި މަހު 30 ވަނަ ދުވަހު ކަމަށާއި، ރީ ރަޖިސްޓަރ ކުރުމަށް ފުރުސަތު ހުޅުވާލާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ. އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވ...

10 Sep 2023 | 09:23

ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ މި މަހު 30 ވަނަ ދުވަހު ކަމަށާއި، ރީ ރަޖިސްޓަރ ކުރުމަށް ފުރުސަތު ހުޅުވާލާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވީ، ފުރަތަމަ ބުރުގައި ވޯޓުލީތަން ނޫން އެހެންތަނެއްގައި، ދެވަނަބުރުގައި ވޯޓުލާން ބޭނުންވާ މީހުންނަށް، އެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ވަރަށް އަވަހަށް ހުޅުވާލައި، އެކަން ޢާންމުކޮށް އިއުލާން ކުރާނެ ކަމަށެވެ.

އިއްޔެ ނިމުނު، ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވަގުތީ ނަތީޖާ މިހާރު އިއުލާނު ކޮށްފައި ވާއިރު، ދާއިމީ ނަތީޖާ އިއުލާނު ކުރާނީ މިއަދު ކަމަށް އީސީން ވަނީ ބުނެފައެވެ.

ފުރަތަމަ ބުރުގައި ވޯޓުލީ މީހުންގެ ނިސްބަތް އުޅެނީ، ގާތްގަނޑަކަށް 79.6 ގައ ކަމަށް އީސީން ބުނެފައި ވެއެވެ.

މިހާރު ރާއްޖޭގެ ވޯޓުލެވޭ އާބާދީއަކީ 282،395 މީހުންނެވެ. އަލަށް ވޯޓުލާ އާބާދީގެ އަދަދަކީ 27،006 އެވެ. ފުރަތަމަ ބުރުގައި ޖުމްލަ 574 ވޯޓު ފޮށި ބަހައްޓާފައިވެއެވެ. މި އިންތިހާބުގައި ފަސް ޕާޓީއަކުން ފަސް ކެނޑިޑޭޓުން އަދި އަމިއްލަ ގޮތުން ތިން ކެނޑިޑޭޓުން ހިމެނޭހެން ޖުމްލަ އަށް ކެނޑިޑޭޓުން ވާދަކުރިއެވެ.

އޭގެ ތެރެއިން ދެވަނަ ބުރަށް ގޮސްފައި ވަނީ ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއާއި އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް