ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެމްޑީޕީ ފަޅިއަށް ނާރާނެ ކަމުގެ އިޝާރާތެއް ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްވައިފިއެވެ.
އިއްޔެ ނިމުނު، އިންތިހާބުގެ ފުރަތަމަ ބުރުގައި45 އިންސައްތައާއެކު އެއްވަނަ ހޯއްދެވީ ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއެވެ. އަދި38 އިންސައްތައާއެކު ދެވަނަ ހޯއްދެވީ އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
އެހެންކަމުން ދެވަނަ ބުރުގައި ވާދަ ކުރައްވާނީ އެ ދެބޭފުޅުންނެވެ.
ފުރަތަމަ ބުރުގައި ތިންވަނަ ހޯއްދެވީ ރައީސް ނަޝީދު ނިސްބަތްވާ ޕާޓީ، ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެނޑިޑޭޓް އިލްޔާސް ލަބީބެވެ. އިލްޔާސަށް ލިބިވަޑައިގެންނެވީ6.9 އިންސައްތައެވެ.
ދެވަނަ ބުރަށް ދިއުމާއެކު އާއްމުން އެންމެ ބަލަން ބޭނުންވީ، ބާކީ ތިބި ހަ ކެނޑިޑޭޓުން ކަންތައް ކުރާނެ ގޮތެކެވެ.
https://twitter.com/MohamedNasheed/status/1700744780324712829
އެގޮތުން ނަޝީދު ކުރެއްވި ޓުވީޓެއްގައޮ ވިދާޅުވީ، ހަރުކަށި ފިކުރަށް ޖާގަދީ، އަދި އެ ގޮތްތައް، މިދިޔަ ފަސް އަހަރަށްވުރެ ބޮޑަށް ތަންފީޒު ކުރާނެ ސަރުކާރެއް އަތުވެދާނެ ކަމުގެ ބިރުވެރިކަން އޮތް ކަމަށް ދެކެން ދަތިވާ ކަމަށެވެ.
އެހެންކަމުން ނަޝީދު ހުންނެވީ އެމްޑީޕީއާ ދެކޮޅަށް ކަމަށް ބެލެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް