ދައުލަތް ބިނާކުރުމުގައި ވެސް ވާހަކައިގެ ދައުރަކީ ވަރަށް ބޭނުންތެރި އެއްޗެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ގައުމީ ޔުނިވަރސިޓީގައި 'ފަހި ކުތުބުހާނާ' ހުޅުއްވާދެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވިދާޅުވީ ފޯކަސް ނުގެއްލި ކަމެއްގައި ދެމިހުރުމަށް އެންމެ ބޮޑަށް ބޭނުންވާ އެއްކަމަކީ އަބަދު ވެސް ކޮންމެވެސް ވަރަކަށް ކިޔުން ކަމަށެވެ. އަދި ދިވެހިންގެ ކިއުމުގެ އާދަ މިއަދަށްވުރެން ފުޅާވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.
ރައީސް ނަޝިދު ވިދާޅުވީ ޓްވިޓަރގައި އިންނަ 120 ކެރެކްޓަރުން ދުރަށްދާން ނޫޅޭ ކަމަށާއި ސުރުޚީ ކިޔާލުމުން ނިމުނީ ކަމަށެވެ. އަދި ސުރުޚީގެ ދަށުން އޮތް ވާހަކައެއް ހަގީގަތުގައި ކިޔަން ބޭނުން ނުވާ ކަމަށް ވެސް ވިދާޅުވިއެވެ.
ރާއްޖެ، ދިވެހިރާއްޖެއަކަށް ވަނީ އެއް ވާހަކައެއް އެންމެން ކިޔާތީ ކަމަށާއި، އެ ވާހަކަ އަކީ ބޮޑުތަކުރުފާނު ވާހަކަ ކަމަށް ވެސް ރައީސް ނަޝިދު ވިދާޅުވިއެވެ.
"އެ ވާހަކައިގެ ފަހުން އެންމެން އެއްގޮތަކަށް ކިޔަމުން ގެންދާ ކަމަށް ކިތަންމެ ވާހަކައެއް، ރައިވަރެއް ބަންޖެއް އެބަހުރި. އޭގެތޭރޭގައި ބަނޑޭރި ހަސަން މަނިކުފާނާއި ހަސަންތާޖުއްދީނުގެ ވާހަތަކާއި ޅެންތައްފާހަގަކުރެވޭ." ރައީސް ނަޝިދު ވިދާޅުވިއެވެ.
ގައުމީ ޔުނިވަރސިޓީގެ ފަހި ކުތުބުޚާނާގެ މަގްސަދަކީ ރާއްޖޭގެ ހުރިހާ އަތޮޅެއްގެ މައުލޫމާތާއި ރަށްރަށުގެ މައުލޫމާތު އާންމުންނަށް ފޯރުކޮށްދިނުމެވެ.
ދުނިޔޭގެ ލައިބްރަރީ ދުވަހާއި ގުޅުވައިގެން ގައުމީ ޔުނިވަރސިޓީން ހުޅުވި ފަހި ކުތުބުޚާނާގައި ކުރިޔަށް ގެންދިޔައީ މިއަދު ހަވީރު 3:45 ން ފެށިގެން މިރޭ 10:00 އާއި ހަމައަށެވެ. މި ކުތުބުޚާނާއިން އެކި ރަށްރަށުގެ ތާރީހުގެ ތެރެއަށް ގެންގޮސްދިނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް