ހދ. ހަނިމާދޫއަށް ވެސް ލަކުޑިން ހަދާފައިވާ ބުދެއް ލައްގައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ގާތްގަޑަކަށް ތިން ފޫޓު ހުރި މިބުދު ހަނިމާދޫ ބަނދަރު ސަރަހައްދުން ފެނިފައިވަނީ މިރެއެވެ.
މިއީ ހަރު ލަކުޑިއަކުން ހަދާފައިވާ ބުދެއްކަމަށް މައުލޫމާތު ލިބޭއިރު، ސޯޝަލް މީޑިއާ ގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަގޮތުގައި އެ ބުދުގައި މީހެއްގެ މޫނު ސިފަވާގޮތަށް ވަނީ ކަނޑާނަގާފައެވެ. އަދި ބުދުގެ ކުރިމަތިފަރާތަށް ވާގޮތަށް ދެ އަތް ހުރަހަށް ފާޅުވާގޮތަށް ވެސް ވަނީ ކަނޑާނަގާފައެވެ.
ބުދުގެ ތިރީބައިގައި އިންސާނެއްގެ މޫނު ސިފަވާގޮތަށް ބައެއް ކަނޑާ ނަގާފައިވާިއރު، ގިނަދުވަސްތަކެއް ވަންދެން މޫދުގައި އޮތުމުގެ ސަބަބުން ކަނޑު ރިނދަވެސް ވަނީ ކޮންމެވެސް ވަރަކަށް އެ ބުދުގައި ވަނީ ޖަހާފައެވެ.
ބުދު ފެނުމާއިއެކު އާންމުންގެ ބަޔަކު ވަނީ ހަނިމާދޫ ޕޮލިސްޓޭޝަނަށް ގުޅައި ރިޕޯޓް ކޮށްފައެވެ. އަދި އެ ބުދު މިހާރުވަނީ ހަނިމާދޫ ޕޮލިސްޓޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
މި ފަހުން އުތުރުގެ ބައެއް ރަށްތަކަށް މިފަދަ ބުދު ލައްގަމުން އަންނައިރު، މި މަހުގެ ހަވަނަ ދުވަހު އިހަވަންދޫއަށް ވެސް ވަނީ ބަރަހަނާ ފިރިހެނެއް ރަމްޒުވާގޮތަށް އޮތް ބުދެއް ލައްގާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް