އެމްޑީ އަލަމްގީރާ އެކު ޖިންސީ ގުޅުން ހިންގި މައްސަލާގައި ދައުވާކޮށްފައިވާ ނާޒިމް ސައްތާރުގެ ޝަރީއަތް މާދަމާ ފަށަން ތާވަލުކޮށްފިއެވެ.
ކުރީގެ ރައީސް އަދި މަޖިލިޙުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރުގެ މައްޗަށް އެއްޖިންސުން ގުޅުން ހިންގުމުގެ ދައުވާ ދައުލަތުން އުފުލާފައިވަނީ މިދިޔަ މަހުގެ ތެރޭގައެވެ.
އެ ދެ މީހުން ގުޅުން ހިންގާ މަންޒަރު ފެންނަ ކަމަށްބުނާ ވީޑިއޯއެއް ޖޫން މަހުގެ ފަހުކޮޅު ސޯޝަލް މީޑިއާގައި ލީކްވުމާއިގުޅިގެން ނާޒިމް ހައްޔަރު ކުރުމަށް ފަހު ތަހުގީގު ނިންމާ ދޫކޮށްލީ މިދިޔަ މަހުގެ ތެރޭގައެވެ.
އެ މައްސަލާގައި އަމިއްލަ އިއުތިރާފުން ކުށް ސާބިތުވެ އެމްޑީ އަލަމްގީރަށް ވަނީ 7 މަހާއި 7 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ. އެ ހުކުމް ކްރިމިނަލް ކޯޓުން އަލަމްގީރަށް އިއްވީ މިދިޔަ މަހުގެ 31 ވަނަ ދުވަހުއެވެ.
އަލަމްގީރާއެކު ގިނަ އަދަދެއްގެ ބަޔަކު އެއްޖިންސުން ގުޅުން ހިންގާ އެމަންޒަރުތައް ވީޑިއޯ ރެކޯޑްކޮށް އޭގެތެރެއިން ބައެއް ވީޑިއޯ ސޯޝަލް މީޑިއާގައި ލީކްކޮށްފައިވާ މައްސަލައިގެ ތަހުގީގަށް އޭނާއާއެކު އެއްޖިންސުން ގުޅުން ހިންގިކަމަށް ތުހުމަތުކުރެވޭ މީހުންގެ ތެރެއިން މިހާތަނަށް ތަހުގީގަށް އެކަށީގެންވާ ހެއްކާއި ގަރީނާ ހޯދިފައިވާ މީހުން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރުމުގެ މަސައްކަތް ފުލުހުން ވަނީ ފަށާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް