ތިން މިލިއަނަށް ވުރެ އަގުބޮޑު އެމްއާރްއައި މެޝިނެއް އޭޑީކޭ އިން ގެނެސް ސިއްހީ ނިޒާމަށް އިންގިލާބެއް ގެނައުމަށް އަތުކުރި އޮޅާލައިފި

ރާއްޖޭގައި ހުރި އަމިއްލަ އެންމެބޮޑު ހޮސްޕިޓަލް، އޭޑީކޭ އިން ތިން މިލިއަން ޑޮލަަރަށް ވުރެ އަގުބޮޑު މެގްނެޓިކް ރިސޮނަންސް އިމޭޖިންގ (އެމްއާރުއައި) މެޝިނެއް ރާއްޖެ ގެނެސްފިއެވެ. ސިއްހީ ޚިދުމަތް ޢާންމުންނ...

10 Sep 2022 | 16:15

ރާއްޖޭގައި ހުރި އަމިއްލަ އެންމެބޮޑު ހޮސްޕިޓަލް، އޭޑީކޭ އިން ތިން މިލިއަން ޑޮލަަރަށް ވުރެ އަގުބޮޑު މެގްނެޓިކް ރިސޮނަންސް އިމޭޖިންގ (އެމްއާރުއައި) މެޝިނެއް ރާއްޖެ ގެނެސްފިއެވެ.

ސިއްހީ ޚިދުމަތް ޢާންމުންނަށް ދެމުންއަންނަތާ 35 އަހަރު ވެފައިވާ އޭޑީކޭ ހޮސްޕިޓަލުން ރާއްޖޭގެ ސިއްހީ ދާއިރާއަށް އެންމެފަހުގެ އާލާތްތައް ގެނެސް، ރައްޔިތުންނަށް ޚިދުމަތް ދެމުންއަންނައިރު، ގިނަބައެއްގެ މަގުބޫލުކަން ވެސް އެ ހޮސްޕިޓަލުން ވަނީ ހޯދާފައެވެ.

އޭޑީކޭ ހޮސްޕިޓަލުން ބުނީ ރާއްޖޭގެ ސިއްހީ ނިޒާމަށް އިންގިލާބެއް ގެނެވޭނެ ކަމުގެ އުއްމީދުގައި ގެނައި މި މެޝިނަކީ އެމްއާރުއައިގެ އެންމެ ފަހުގެ އުފެއްދުން ކަމަށްވާ، '3 ޓެލްސާ އެމްއާރުއައި ސްކޭނާ' ނުުވަތަ 'މެގްނެޓޯމް ލުމިނާ ތްރީޓީ' ކަމަށެވެ. އަދި އެ މެޝިން ރާއްޖެ ގެނައީ މި މަހުގެ8 ވަނަ ދުވަހުގެ ރޭ ކަމަށެވެ.

މި މެޝިނުގެ ސަބަބުން އެމްއާރްއައި ހެދުމަށް މިހާރުހޭދަވާ ވަގުތު މަދުވުމާއި ބަލި ނުވަތަ މައްސަލަ ދެނެގަންނަން ފޮނުވާ ސިގްނަލް މާ ވަރުގަދަވާނެ ކަމަށެވެ. އަދި އޭގެ ސަބަބުން މައްސަލަ އެންމެ ސާފުކޮށް ފެންނާނެ ކަމަށެވެ.

ގަތަރު އެއަރވޭސްގެ ފްލައިޓެއްގައި ރާއްޖެ ގެނައި، މި މެޝިން އޭޑީކޭއާ ހަމައަށް ގެންދިއުމަށް 13 ގަޑިއިރަށް ވުރެ ގިނަ ވަގުތު ވަނީ ހޭދަވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް