ޕޯލިއޯގެ ކޭހެއް ފެނިގެން އެމެރިކާގެ ނިއުޔޯކްގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފި

އެމެރިކާގެ ނިއުޔޯކް ސްޓޭޓްގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފި އެވެ. އެ ހާލަތު އިއުލާނު ކުރީ ޕޯލިއޯ ފެތުރޭ ކަމުގެ ބިރަށެވެ. ރިޕޯޓުތައް ބުނާގޮތުގައި މިހާތަނަށް ޕެރަލައިޒްވެ ހަތަރު މީހ...

10 Sep 2022 | 16:05

އެމެރިކާގެ ނިއުޔޯކް ސްޓޭޓްގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފި އެވެ.

އެ ހާލަތު އިއުލާނު ކުރީ ޕޯލިއޯ ފެތުރޭ ކަމުގެ ބިރަށެވެ. ރިޕޯޓުތައް ބުނާގޮތުގައި މިހާތަނަށް ޕެރަލައިޒްވެ ހަތަރު މީހަކު ޓެސްޓު ކުރުމުން ޕޯލިއޯގެ އަލާމާތްތައް ފެނިފައިވާ ކަމަށެވެ.

އޭގެ ތެރެއިން ޕޯލިއޯ ޖެހިފައިވާކަން ޔަގީންވެފައިވަނީ އެކަކަށެވެ. މިއީ މިދިޔަ 10 ވަރަކަށް އަހަރު ތެރޭގައި ޕޯލިއޯ ޖެހިފައިވާ މީހަކު ނިއުޔޯކް ސްޓޭޓުން ފެނުނު ފުރަތަމަ ފަހަރެވެ. އެމެރިކާއިން ޕޯލިއޯ ނައްތާލިކަން އިއުލާނު ކުރީ 1979 ވަނަ އަހަރު އެވެ.

ޕޯލިއޯ ފެތުރިދާނެ ކަމުގެ ބިރު އެބައޮތް ކަމަށް އެ ސްޓޭޓްގެ ސިއްހަތާއި ބެހޭ ވުޒާރާއިން ގަބޫލު ކުރަނީ ވެކްސިން ޖަހާ މިންވަރު ވަރަށް ބޮޑަށް ދަށްވެފައިވާތީ އެވެ.

އެހެންވެ މިހާރު އަމާޒު ހިފާފައިވަނީ 79 ޕަސެންޓުން 90 ޕަސެންޓާއި ދެމެދުގެ އަދަދަކަށް މީހުންނަށް ޕޯލިއޯ ވެކްސިން ދިނުމަށެވެ. ޕޯލިއޯއިން ރައްކާތެރިވުމަށް ޅަފަތުގައި ޕޯލިއޯ ވެކްސިން ދިނުމަކީ އެންމެ ރައްކާތެރި ގޮތެވެ

ޕޯލިއޯ ޖެހުމުން ހަށިގަނޑު ބަލިކަށިވެ، ހަށިގަނޑުގެ ގުނަވަންތައް ވާގިނެތެ އެވެ. އެންމެ ސީރިއަސް ހާލަތަކަށް ދާމީހާ އުމުރު ދުވަހަށް ނުކުޅެދޭ މީހަކަށްވެ ނުވަތަ ބަލީގައި މަރުވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް