ކައިވެނި ހަފްލާތަކުގައި ޖަހަން ޝައިޚް އަލީ ޒައިދުގެ ކައިވެނި އަލްބަމް ރިލީޒްކުރަން ތައްޔާރުވެއްޖެ

ކައިވެނި ހަފްލާތަކުގައި ޖަހަން ޝައިޚް އަލީ ޒައިދު ތައްޔާރުކުރާ "ކައިވެނި" މަދަހަ އަލްބަމް ރިލީޒްކުރަން ތައްޔާރުވެއްޖެއެވެ. އެގޮތުން ޝައިޚް މިރޭ ވިދާޅުވީ އޮތީ އުފާވެރި ހަބަރެއް ކަމަށާއި ކައިވެނި އަލްބަ...

10 Sep 2022 | 16:01

ކައިވެނި ހަފްލާތަކުގައި ޖަހަން ޝައިޚް އަލީ ޒައިދު ތައްޔާރުކުރާ "ކައިވެނި" މަދަހަ އަލްބަމް ރިލީޒްކުރަން ތައްޔާރުވެއްޖެއެވެ.

އެގޮތުން ޝައިޚް މިރޭ ވިދާޅުވީ އޮތީ އުފާވެރި ހަބަރެއް ކަމަށާއި ކައިވެނި އަލްބަމް ނިމިއްޖެ ކަމަށެވެ. އަލްބަމުގައި 16 ޓްރެކް ހިމެނޭނެ ކަމަށާއި ދާދި އަވަހަށް ރިލީޒްކުރާނެ ކަމުގައިވެސް ޝައިޚް ވިދާޅުވިއެވެ.

"މި ހުވަފެން ހަގީގަތަކަށް ވުމުގައި އެހީތެރިކަން ފޯރުކޮށްދިން އެންމެހާ ފަރާތްތަކަށް ޝުކުރު ދަންނަވަން" ޝައިޚް އަލީ ޒައިދު ވިދާޅުވިއެވެ.

ޝައިޚްގެ މި އަލްބަމްގެ ވާހަކަ އެންމެ ފުރަތަމަ ހާމަކުރެއްވީ 2020 ވަނަ އަހަރުގެ އޭޕްރީލްމަހުގެ ތެރޭގައެވެ.

https://twitter.com/alizaid1000/status/1567898704157474817?ref_src=twsrc%5Etfw

އެދުވަހު ޝައިޚް ވިދާޅުވީ ކައިވެނި ހަފްލާތަކުގައި ޖަހަން ހާއްސަ ތާރަ ޖަހާފައިވާ އިސްލާމީ ހުދޫދުގެ "ކައިވެނި މަދަހަ" އަލްބަމެއް ނެރުމަކީ ޝައިޚްގެ ތަސައްވުރެއް ކަމަށެވެ. އެކަން ކުރަމުން  އަންނަކާއި ހުންނާނީ އަމިއްލަ ރާގު ކަމާއި މަދަހަ ކިޔާނީ އެކި މީހުން ކަމުގައިވެސް އެދުވަހު ޝައިޚް ހާމަކުރެއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް