ފުލުހުންނަށް ހަމަލާދިން ދެމީހުން ޝަރީއަތް ނިމެންދެން ބަންދަށް

އިއްޔެ ތިން ފުލުހަކަށް ހަމަލާ ދިން މައްސަލައިގާ ހައްޔަރުކުރި ދެމީހުން ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށް ބަންދުގެ މުއްދަތު ދީފިއެވެ. ދުވަހަށް މައުލޫމާތުދެމުން ފުލުހުން ބުނީ މައްސަލައާއި ގުޅިގ...

10 Sep 2022 | 13:43

އިއްޔެ ތިން ފުލުހަކަށް ހަމަލާ ދިން މައްސަލައިގާ ހައްޔަރުކުރި ދެމީހުން ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށް ބަންދުގެ މުއްދަތު ދީފިއެވެ.

ދުވަހަށް މައުލޫމާތުދެމުން ފުލުހުން ބުނީ މައްސަލައާއި ގުޅިގެން ހައްޔަރުކުރި ދެމީހުން ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށް ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފައިވާކަމަށެވެ.

އިއްޔެ އެ މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ 18 އަހަރުގެ ފިރިހެނަކާއި 20 އަހަރުގެ ފިރިހެނެއް ކަމުގައިވެސް ފުލުހުން ބުންޏެވެ.

އިއްޔެ ގޭންގަކަށް ނިސްބަތްވާ ބަޔަކު ހަމަލާ ދީފައިވަނީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓަށް ނިސްބަތްވާ ތިން ފުލުހަކަށެވެ. ހަމަލާގައި ޒަހަމްވި ތިން ފުލުހުންނަށް އޭޑީކޭ ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް