ޔާމީންގެ ވެރިކަމުގައި ހުއްޓުވި ކައުންސިލްތައް ރައީސް ސޯލިހް ބާރުވެރިކޮށްފި: އެމްޕީ ސައުދު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެވެރިކަމުގައި ހުއްޓުވި ކައުންސިލްތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ބާރުވެރިކޮށްފިކަމުގައި ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސެއިން ވިދާޅުވެއްޖެއެވ...

10 Sep 2022 | 13:35

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެވެރިކަމުގައި ހުއްޓުވި ކައުންސިލްތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ބާރުވެރިކޮށްފިކަމުގައި ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސެއިން ވިދާޅުވެއްޖެއެވެ.

ދާދިފަހުން ވެރިކަންކުރާ މައި ޕާޓީ، މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީއާ ގުޅިވަޑައިގެންނެވި ސައުދު ވިދާޅުވީ ދިވެހި ތާރީހްގައި ކައންސިލްތައް ބާރުވެރިވެރިނުވާ މިންވަރަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ލީޑަޝިޕްގައި މިދަނީ ކައުންސިލްތައް ބާރުވެރިވެ ތަފާތު ކުރުމެއްނެތި ރަށްރަށުގެ ހިދުމަތް ފުރިހަމަވަމުން ކަމަށެވެ.

މީގެ ކުރިން ރައީސް ޔާމީންގެ ވެރިކަމުން ފެނިގެންދިޔައީ ކައުންސިލްތައް ހުއްޓުވާ ސަސްޕެންޑުކުރި މަންޒަރު ފެނިގެންދިޔަކަމުގައި ސައުދު ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް