މަޝްހޫރު "ދަ މޭން ކޮމްޕެނީ" ޕްރޮޑަކްޓްލައިން ޕޮއިޒް ޕްރިމިއަމްގެ ފަރާތުން ރާއްޖެއަށް ތައާރަފްކޮށްފިއެވެ.
ދަ މޭން ކޮމްޕެނީ ޕޮއިޒް އިން ރާއްޖެއަށް ތައާރަފްކޮށްފައިވަނީ ރޭގައި ޕޮއިޒް ޕްރިމިއަމްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
ދަ މޭން ކޮމްޕެނީ ލޯންޗުކުރުމަށް ބޭއްވި އެ ރަސްމިއްޔާތުގައި ދިވެހި ފިލްމީ ތަރި ޔޫސުފް ޝަފީއު ބައިވެރިވެފައިވެއެވެ.
މި އުފެއްދުން ރާއްޖެ ތައާރަފްކުރުމާއި ގުޅޭގޮތުން ރޭގެ އެ ރަސްމިއްޔާތުގައި ޕޮއިޒް އިން ބުނީ މި ޕްރޮޑަކްޓްލައިންއަކީ ރާއްޖޭގެ މާކެޓަށް އަލަށް ތާރަފްކުރެވިގެންދިޔަ، ފިރިހެންވެރިންނަށް ހާއްސަ ޕްރޮޑަކްޓްލައިނެއް ކަމަށެވެ.
ހެއަރ ކެއަރ، ބޮޑީ ކެއަރ، ފޭޝަލް ކެއަރ، ބިއާޑް ކެއާ މިހެންގޮސް ފިރިހެންވެރިންނަށް ބޭނުންވާ މިފަދަ ކޮސްމެޓިކްސް ނަން ހުސްކޮށް ދަ މޭން ކޮމްޕެނީގެ ބްރޭންޑްގެ ދަށުން ލިބިގެންދާނޭކަން ޕޮއިޒް އިން ފާހަގަކުރެއެވެ. އަދި މިއީ ކޮސްމެޓިކްސްގެ ޕްރިމިއަމް ޕްރޮޑަކްޓެއްކަމާއި އަޖުމަ ބަލައިލުމުން ބޮޑޫ ތަފާތެއް ފެނިގެންދާނެކަންވެސް ޕޮއިޒްއިން ފާހަގަކުރެއެވެ. ދަ މޭން ކޮމްޕެނީގެ އުފެއްދުންތަކަކީ އިންސާނުންނަށް ގެއްލުންވާ ކެމިކަލްސް ބޭނުން ނުކޮށް ގުދުރަތީ ގޮތުން ލިބެންހުންނަ އެއްޗެހި ބޭނުންކޮށްގެން އުފައްދާފައިވާ ޕްރޮޑަކްޓްތަކެކެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވެސް މަގްބޫލުކަން ހޯދަމުން އަންނަ މި ބްރޭޏްޑްގެ ގިނަ އުފެއްދުންތަކެއް ޕޮއިޒް ޕްރިމިއަމް އިން ވަނީ ރާއްޖެއަށް ތައާރަފްކޮށްފައެވެ.
https://www.youtube.com/watch?v=Y3QVGwAoQww
ވަޒީފާގެ މާހައުލުގައިވެސް އަދި އާއްމު ދިރިއުޅުމުގައިވެސް ފިރިހެންވެރިންނަކީވެސް އަބަދުވެސް ރީތިކަމަށް ލޯބިކުރާބަޔަކަށްވާއިރު ހުރިހާ ދާއިރާއަކުންވެސް ދަ މޭން ކޮމްޕެނީއަކީ މިކަމަށް ލިބޭނެ ހައްލެއްގެ ގޮތުގައި ޕޮއިޒްއިން ފާހަގަކުރެއެވެ.
ޕޮއިޒް އިން ދަ މޭން ކޮމްޕެނީގެ އުފެއްދުންތައް ހޯލްސޭލްވެސް ކުރާނެއެވެ. އެގޮތުން ޕޮއިޒްގެ އަމާޒަކީ ގިނަދުވަސްތަކެއްނުވެ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުންވެސް ދަ މޭން ކޮމްޕެނީގެ އުފެއްދުންތައް ލިބެން ހުރުންކަމުގައި ޕޮއިޒް އިން ބުނެއެވެ.
ޕޮއިސްއަކީ، ދުނިޔޭގެ މާރކެޓްގައި ފާހަގަކޮށްލެވޭ ރަނގަޅު ކޮލިޓީ އަދި އިތުބާރުހިފޭ ސެންޓާއި، ބޮޑީ ސްޕްރޭ ރާއްޖެއަށް އެތެރެކޮށް މާރކެޓްކުރަމުންދާ، ދިވެހިންގެ މެދުގައި މަގްބޫލު ވިޔަފާރިއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް