އިންފްލުއެންޒާ ޖެހުނު މީހުންގެ ޢަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭ އިން ބުނީ މިދިޔަ އަހަރުގެ މިމުއްދަތާ އަޅާބަލާއިރު، މިއަހަރު ބަލިޖެހިގެން ރިޕޯޓުކުރަމުންދާ މީހުންގެ ޢަދަދު އިތުރުވެފައިވާ ކަމަށެވެ. އެހެންނަމަވެސް މިދުވަސްވަރު އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓުކުރަމުންދާ މީހުންގެ ޢަދަދު މަދުވެފައިވާކަން ވަނީ ފާހަގަކޮށްފައެވެ.
އިންފްލުއެންޒާ ޖެހުނު މީހުންގެ ޢަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާކަމަށް އެޗްޕީއޭ އިން ބުނި އިރު، ޖުލައި މަހު ޓެސްޓުކުރި 54 މީހުންގެ ތެރެއިން 10 މީހަކު އެމަހު ޕޮޒިޓިވްވެފައި ކަމަށް ވަނީ ބުނެފައެވެ. އަދި އޯގަސްޓް މަހު ޓެސްޓުކުރި 111 މީހުންގެތެރެއިން 47 މީހަކު އިންފްލުއެންޒާއަށް ޕޮޒިޓިވްވެފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.
އެޗްޕީއޭ އިން ބުނީ މިއަހަރުގެ މިހާތަނަށް އިންފްލުއެންޒާއަށް 77 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ.
އެޗްޕީއޭއިން އާންމުކޮށްފައިވާ މަޢުލޫމާތުތަކަށް ބަލާއިރު މިދިޔަ އަހަރުގެ މިމުއްދަތުގައި ޑެންގީހުން ޖެހިގެން ރިޕޯޓުކުރި މީހުންނަށްވުރެ މިއަހަރުގެ މިދުވަސްވަރު ޑެންގީ ޖެހިގެން ރިޕޯޓުކުރަމުންދާ މީހުންގެ ޢަދަދުވަނީ އިތުރުވެފައެވެ.
އެހެންނަމަވެސް މިއަހަރުގެ ޖުލައި މަހަށްވުރެ އޯގަސްޓްމަހު ބަލިޖެހިގެން ރިޕޯޓުކުރި މީހުންގެ ޢަދަދު މަދުކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. އެގޮތުން ޖުލައި މަހު 322 މީހަކު ޑެންގީ ޖެހިފައިވާއިރު އޯގަސްޓް މަހު ރިޕޯޓުކޮށްފައިވަނީ 268 މީހެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް