ޢާއްމު މަޖިލީހުގެ ރައީސްގެ ޙައިސިއްޔަތުން ކުރައްވާ ފަހުދަތުރުގައި ޝާހިދު ގުޔާނާއަށް

އ.ދގެ ޢާއްމު މަޖިލީހުގެ ރައީސްގެ ޙައިސިއްޔަތުން ޢަބްދުﷲ ޝާހިދު ކުރައްވާ އެންމެ ފަހުގެ ދަތުރުފުޅުގައި ގުޔާނާއަށް ވަޑައިގެންފި އެވެ. ޝާހިދު ގުޔާނާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި އެޤައުމުގެ ރައީސް ޑރ...

10 Sep 2022 | 10:33

އ.ދގެ ޢާއްމު މަޖިލީހުގެ ރައީސްގެ ޙައިސިއްޔަތުން ޢަބްދުﷲ ޝާހިދު ކުރައްވާ އެންމެ ފަހުގެ ދަތުރުފުޅުގައި ގުޔާނާއަށް ވަޑައިގެންފި އެވެ.

ޝާހިދު ގުޔާނާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި އެޤައުމުގެ ރައީސް ޑރ.މުޙައްމަދު އިރުފާން ޢަލީއާ ވަނީ ބައްދަލުކުރައްވާފައެވެ.

މިބައްދަލުކުރެއްވުމުގައި އ.ދއިން ކުރަމުންދާ މަސައްކަތުގައި ގުޔާނާއިން އިސްކަންދޭ ދާއިރާތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. މިގޮތުން މޫސުމީ ބަދަލުތަކާއި ދެމެހެއްޓެނިވި ތަރައްޤީއާއި ކާބޯތަކެތީގެ ރައްކާތެރިކަމާއި ޒުވާނުންނަށް ކުރިމަތިވެފައިވާ ދަތިތަކާއި ކުރިއަށްދާންހުރި ފުރުސަތުތަކާއި ގުޅޭގޮތުން ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.

މިދަތުރުފުޅުގައި އ.ދގެ ޢާއްމު މަޖިލީހުގެ ރައީސް ޝާހިދުވަނީ ގުޔާނާގެ ފޮރިން މިނިސްޓަރު ހިއުގް ޓޮޑްއާއިވެސް ބައްދަލުކުރައްވާފައެވެ. މިބައްދަލުކުރެއްވުމުގައި ކުދި ޖަޒީރާ ޤައުމުތަކުގެ ލީޑަރޝިޕާއި އެފަދަ ޤައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކާއި މޫސުމީ ބަދަލުތަކާއި ޒުވާނުންނާއި ގުޅޭދާއިރާތަކުގެ އިތުރުން އިންސާނީ ޙައްގުތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.

އ.ދގެ ޢާއްމު މަޖިލީހުގެ ރައީސްގެ ޙައިސިއްޔަތުން ކުރައްވާ އެންމެ ފަހުގެ މިދަތުރުފުޅުގައި ޝާހިދު ވަނީ ގުޔާނާގައި ޙަރަކާތްތެރިވާ އދ.ގެ އޮފީހުގެ ޓީމާއިވެސް ބައްދަލުކުރައްވާފައެވެ.

ޝާހިދު އ.ދގެ ޢާއްމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސްކަމަށް އިންތިޚާބުވެވަޑައިގަތީ މިދިޔަ އަހަރުގެ ޖޫންމަހު ބޭއްވި އިންތިޚާބުގައި އ.ދގެ މެމްބަރު 191 ޤައުމުގެ ތެރެއިން 143 ޤައުމުގެ ވޯޓު ކާމިޔާބުކުރައްވައިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް