ރަށްރަށުގައި ހުންނަ އެމްޑިޕީގެ ހަރުގެތައް ހިންގާލުމަށް އެ ޕާޓީއިން ރަށްރަށަށް ޓީވީ ފޮނުވުމުގެ މަސައްކަތް ފަށައިފިއެވެ.
އެގޮތުން އެ ޕާޓީގެ ޑެޕިއުޓީ ޗެއާޕާސަން (އިދާރީ) އިބްރާހިމް ވަހީދުގެ ޓްވިޓާ ފީޑުން ފާއިތުވި ދެތިން ދުވަހު ފެންނަނީ މުޅިންވެސް ޓީވީ ރަށްރަށުގެ ދާއިރާތަކާ ހަވާލުކުރާ މަންޒަރުތަކެވެ. އެ ޕާޓީއިން ދޫކުރަމުން އަންނަނީ ޓީސީއެލް ބްރޭންޑްގެ 65 އިންޗީގެ 4ކޭ ކޮލިޓީގެ ޓީވީއެވެ.
އެމްޑީޕީއިން ރަށްރަށުގެ ހަރުގެތައް ހިންގާލަން ޓީވީ ދޫކުރަމުން އަންނައިރު ޗެއާޕާސަންކަމުގެ އިންތިހާބުގައި ފައްޔާޒް އިސްމާއިލް ދެއްކެވި އެއް ވާހަކަފުޅަކީ ރަށްރަށުގެ މެންބަރުންނަށް އަޅާނުލެވި ކަންކަން ކޮށް ނުދެވޭ ވާހަކައެވެ.
https://twitter.com/waappey/status/1567909353025589249
މިކަންކަން ހައްލުކޮށް ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބުކުރުމަށް ހަރުގެ، ޖަގަހަތަކަށް ބޭނުންވާ ބަޖެޓެއް ހަމަޖެއްސުމަކީ ފައްޔާޒް އިސްމާއިލްގެ ވައުދެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް