އެންމެ ގިނަ ދުނިޔޭގެ ރެކޯޑު އޮތީ ރާނީ އެލިޒަބަތު އަތުގައި!

އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތު ދޭއް އަކީ އެންމެ ގިނަ ދުނިޔޭގެ ރެކޯޑު އޮތް މީހާ ކަމަށް ގިނިސް ބުކް އޮފް ވޯލްޑް ރެކޯޑުން ހާމަކޮށްފި އެވެ. ރާނީ އެލިޒަބަތު ދޭއް އަވަހާރަވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ....

10 Sep 2022 | 09:51

އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތު ދޭއް އަކީ އެންމެ ގިނަ ދުނިޔޭގެ ރެކޯޑު އޮތް މީހާ ކަމަށް ގިނިސް ބުކް އޮފް ވޯލްޑް ރެކޯޑުން ހާމަކޮށްފި އެވެ.

ރާނީ އެލިޒަބަތު ދޭއް އަވަހާރަވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެކަމަނާ އަވަހާރަވުމާއި ގުޅިގެން ގިނިސް ބުކް އޮފް ވޯލްޑް ރެކޯޑުން ވަނީ އެކަމަނާ ދުނިޔޭގައި ހުންނެވި އިރު ހޯދާފައިވާ ޝަރަފުތައް ފާހަގަކޮށްފަ އެވެ.

ރާނީ އެލިޒަބަތު ހޯއްދަވާފައިވާ ރެކޯޑުތަކުގެ ތެރޭގައި ދުނިޔޭގައި އެންމެ ގިނަ ދުވަހު ރަނިކަން ކުރެއްވި ބޭފުޅާގެ ލަގަބު ހިމެނެ އެވެ. އެކަމަނާ ވަނީ 70 އަހަރު އިނގިރޭސިވިލާތުގެ ރަނިކަން ކުރައްވާފަ އެވެ.

ރާނީ އެލިޒަބަތަކީ އެއް ފަހަރަށް ވުރެ ގިނަ ފަހަރު ސަމާ އޮލިމްޕިކް ހުޅުވައި ދިނުމުގެ ޝަރަފު އޮތް ބޭފުޅާއެވެ. އެކަމަނާ ވަނީ ދެ ފަހަރު އެ މުބާރާތް ހުޅުވުމުގެ ޝަރަފު ހޯދާފަ އެވެ.

އެންމެ ގިނަ ގައުމުތަކުގެ ފައިސާގައި އެމީހެއްގެ ފޮޓޯ ނުވަތަ ސިފަ ކުރަހާފައިވާ މީހާގެ ޝަރަފު އޮތީވެސް ރާނީ އެލިޒަބަތު އަތުގައި އެވެ. ގިނިސް ބުކް އޮފް ވޯލްޑް ރެކޯޑުން ބުނީ 33 ގައުމެއްގައި ބޭނުން ކުރާ ނުވަތަ ބޭނުން ކުރި ފައިސާގައި އެލިޒަބަތު ދޭއްގެ މޫނު ޖަހާފައިވާ ކަމަށެވެ.

495 މިލިއަން ޑޮލަރު އެކަމާނާގެ މިލްކިއްޔާތުގައި ހުރެގެން ދުނިޔޭގެ އެންމެ މުއްސަނދި ރާނީގެ ލަގަބުވެސް އޮތީ އެކަމަނާ އަތުގައި އެވެ.

ރާނީ އަކީ ދުނިޔޭގެ އެންމެ ބޮޑު ޕްރައިވެޓް އާޓް ކަލެޝަކްގެ ވެރިޔާ އެވެ. އެ ކަލެކްޝަންގައި އެއް މިލިއަނަށްވުރެ ގިނަ ތަކެތި ބަހައްޓާފައި ހުރެ އެވެ.

މީގެ އިތުރުންވެސް އެކަމަނާ އަތުގައި އެތައް ރެކޯޑެއް އޮންނަ ކަމަށްވެ އެވެ. މިއީ އޭގެ ތެރެއިން ފާހަގަ ކޮށްލެވޭ ބައެއް ރެކޯޑުތައް ކަމަށް އެ ޖަމާއަތުން ބުނެ އެވެ.

ގިނިސް ބުކް އޮފް ވޯލްޑް ރެކޯޑުން ވަނީ އެ ޖަމާއަތުގެ 50 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް ނެރުނު ފޮތުގައި އެކަމަނާ ފީޗާޑް ކޮށްފަ އެވެ. އެއީ 2005 ވަނަ އަހަރު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް