ބަންގާޅު ކަނޑުގައިހުރި ތޫފާނީ ސެޓަޕް – ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ކޮޅިގަނޑަކަށް ބަދަލުވެދާނެ

ބަންގާޅު ކަނޑުން މިދިޔަ ހޯމަދުވަހު ފާހަގަވި ތޫފާނީ ސެޓަޕް މަޑުމަޑުން ފުރިހަމަވަމުންގޮސް ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ކޮޅިގަނޑަކަށް (ޑިޕްރެޝަނަކަށް) ބަދަލާނެކަމުގައި ލަފާކޮށްފިއެވެ. ބަންގާޅު ކަ...

10 Sep 2022 | 07:52

ބަންގާޅު ކަނޑުން މިދިޔަ ހޯމަދުވަހު ފާހަގަވި ތޫފާނީ ސެޓަޕް މަޑުމަޑުން ފުރިހަމަވަމުންގޮސް ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ކޮޅިގަނޑަކަށް (ޑިޕްރެޝަނަކަށް) ބަދަލާނެކަމުގައި ލަފާކޮށްފިއެވެ.

ބަންގާޅު ކަނޑުގެ މެލޭސިޔާއާއި ގާތް ފަޅި ކަމުގައިވާ ޓެނައްސެރިމް ކޯސްޓުން ފުރަތަމަ ފާހަގަވި ތޫފާނީ ސެޓަޕް މިހާރު ދަތުރުކުރަމުންގޮސް އިންޑިއާގެ އަންދްރަޕްރަދޭޝްގެ އުތުރުއި އޮޑީޝާގެ ދެކުނު ކޯސްޓާއި ގާތަށް މިހާރުވަނީ ދަތުރުކޮށްފައެވެ.

ސެޓަޕް ފުރިހަމަވަމުންގޮސް އިއްޔެ ލޯ ޕްރެޝަރެއްގެ ގޮތުގައި މާކު ކުރެވުނު އެ ސެޓަޕް މިހާރު ހުރީ ވެލް މާކްޑް ލޯ ޕްރެޝަރަކަށް ބާރުގަދަވެފައެވެ.

އިންޑިއާގައި ގާއިމްކޮށްފައިހުންނަ މޫސުމާއިބެހޭ ސަރަހައްދީ އިދާރާއިން ލަފާކުރާގޮތުގައި ކުރިއަށްއޮތް 24 ގަޑިއިރުގެ ތެރޭގައި ވެލް މާކްޑް ލޯ-ޕްރެޝަރަކުން ޑިޕްރެޝަނަކަށް (ކޮޅިގަނޑަކަށް) ބަދަލުވާނެއެވެ.

މި ސެޓަޕް ފުރިހަމަވެ ތޫފާނަކަށް ބަދަލުވެއްޖެނަމަ މި ތޫފާނަށް ކިޔާނެ ނަމަކީ ތޫފާން "ސިތުރަންގް" އެވެ. މި ނަން ދީފައިވަނީ ތައިލެންޑުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް