އެއްބަސްވުމުގައި ސޮއި ނުކުރާ މީހުންގެ އަތުން ހިޔާ ފްލެޓު އަތުލަނީ

ހުޅުމާލޭ ދެވަނަފިޔަވޙިގެ ހިޔާ ފްލެޓުތައް ލިބުނު މީހުންގެ ތެރެއިން އެއްބަސްވުމުގައި ސޮއި ނުކުރާ މީހުންގެ އަތުން ފްލެޓު އަތުލަން ނިންމައިފި އެވެ. އެ މަޝްރޫއުގެ ދަށުން6،000އަށްވުރެ ފްލެޓު ދޫކޮށްފައިވާއިރ...

10 Sep 2022 | 07:01

ހުޅުމާލޭ ދެވަނަފިޔަވޙިގެ ހިޔާ ފްލެޓުތައް ލިބުނު މީހުންގެ ތެރެއިން އެއްބަސްވުމުގައި ސޮއި ނުކުރާ މީހުންގެ އަތުން ފްލެޓު އަތުލަން ނިންމައިފި އެވެ.

އެ މަޝްރޫއުގެ ދަށުން6،000އަށްވުރެ ފްލެޓު ދޫކޮށްފައިވާއިރު މިހާރު އެތަނުގައި20،000 އަށްވުރެ ގިނަ މީހުން ދިރިއުޅެ އެވެ.16 ޓަވަރު ހިމެނޭ ހިޔާ ފްލެޓުތަކުގެ ތެރެއިން ގިނައީ މީހުން އުޅޭ އެޕާޓްމެންޓުތަކެވެ.

ޕްލޭނިން މިނިސްޓްރީން ކުރި އިއުލާނެއްގައި ވަނީ އެއްބަސްވުމުގައި ސޮއި ނުކުރާ40 މީހުން އެބަތިބި ކަމަށްބުނެފަ އެވެ. އެމީހުންގެ ވަނަވަރުވެސް ހަމަކޮށްފައިވެ އެވެ.

އެމިނިސްޓްރީން ބުނީ ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) އާއި އެކު އެއްބަސްވުމުގައި ސޮއި ކުރުމުގެ ފުރުސަތު ދެން އެމީހުންނަށް އޮންނާނީ މިމަހުގެ29 ގެ ނިޔަލަށް ކަމަށެވެ. އެ މުއްދަތާއި ހަމައަށް ސޮއި ނުކުރާ މީހުންގެ އަތުން ފްލެޓު އަތުލާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ އެއްބަސްވުމުގައި ސޮއި ކުރަން އެކަށީގެންވާ މުއްދަތެއް ދެވިފައިވާ ކަމަށް ގަބޫލު ކުރާ ކަމަށެވެ.

ހިޔާ ފްލެޓުތަކުގައި މީހުން ދިރިއުޅެން ފެށީ މިދިޔަ އަހަރުގެ އޮގަސްޓު ފަހުކޮޅު އެވެ. މިއީ މިހާތަނަށް ރާއްޖޭގައި ހިންގި އެންމެ ބޮޑު ބޯހިޔާވަހިކަމުގެ މަޝްރޫއު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް