"ވިޔަވަތި" ކޮންފަރެންސަށް މިއަދު ރައީސް ލ. އަތޮޅަށް ވަޑައިގެންނަވާނެ

“ވިޔަވަތި” ކޮންފަރެންސްގައި ބައިވެރިވެޑައިގަތުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ލ. ގަމަށް ވަޑައިގަންނަވާނެއެވެ. މިކޮންފަރެންސަކީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ފުރިހަމަކުރައްވައި ކައުންސިލުތ...

10 Sep 2022 | 06:38

“ވިޔަވަތި” ކޮންފަރެންސްގައި ބައިވެރިވެޑައިގަތުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ލ. ގަމަށް ވަޑައިގަންނަވާނެއެވެ.

މިކޮންފަރެންސަކީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ފުރިހަމަކުރައްވައި ކައުންސިލުތައް ބާރުވެރިކުރުމަށް ފައްޓަވާފައިވާ މަސައްކަތް މަސައްކަތް އިތުރަށް ހަރުދަނާކުރެއްވުމަށް ބާއްވަމުން އަންނަ ބައްދަލުވުމެކެވެ. މިއީ މީގެ މިއަހަރުގެ ދެ ވަނަ ބައްދަލުވުމެވެ.

ރައީސްގެ ލ. އަތޮޅު ދަތުރުގުޅުގައި ވަޒީރުންނާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނަވާނެ އެވެ. މި ކޮންފަރެންސްގައި މަޝްވަރާ ކުރާނީ ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުވުން، ތިމާވެށި ޕްލޭން އެކުލަވައިލުން އަދި މިންތީގެ ހަމަހަމަކަމުގެ އިތުރުން ވިލުންވެރި މުޖުތަމައުއެއް ބިނާކުރުމާއި ގުޅޭގޮތުންނެވެ.

މިފަހަރުގެ ކޮންފަރެންސްގައި ބައިވެރިވާނީ ދ، ތ، ލ، ގއ، ގދ، އަތޮޅުންނާއި ފުވައްމުލަކާއި އައްޑޫ ސިޓީންނެވެ. އެ ރަށްރަށުގެ ކައުންސިލް ރައީސުންނާއި އަތޮޅު ކައުންސިލްތަކުގެ ރައީސުންނާއި މޭޔަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ މެމްބަރުން ބައިވެރިވެވަޑައިގެންނަވާނެ އެވެ،

ކޮންފަރެންސް ފެށުމުގެ ކުރިން މިއަދު ކައުންސިލްތަކާއެކު ކުޅިވަރު ހަރާކާތްތަކެއް އޮންނާނެ އެވެ. މި ކޮންފަރެންސް ކުރިޔަށް ގެންދާނީ ހަތަރު ދުވަހުގެ މުއްދަތަށެވެ.

"ވިޔަވަތި" ކޮންފަރެންސް އެންމެ ފުރަތަމަ ބޭއްވީ މިއަހަރު އއ. އުކުޅަހުގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް