އދ. އަތޮޅު މަދަރުސާގައި ކްލާސްރޫމް ތަކަކާއި ހޯލެއް އަޅަން ބަޔަކާއި ހަވާލުކޮށްފި

އދ.އަތޮޅު މަދަރުސާގައި ކްލާސް ރޫމްތަކަކާއި ހޯލެއް އަޅަން ބަޔަކާއި ހަވާލުކޮށްފި އެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ ޔެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި އެވެ. އެ ކުންފުންޏާއި ހަވާލު ކޮށްފައިވަނީ އެ...

10 Sep 2022 | 04:31

އދ.އަތޮޅު މަދަރުސާގައި ކްލާސް ރޫމްތަކަކާއި ހޯލެއް އަޅަން ބަޔަކާއި ހަވާލުކޮށްފި އެވެ.

މި މަސައްކަތް ހަވާލުކޮށްފައިވަނީ ޔެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި އެވެ.

އެ ކުންފުންޏާއި ހަވާލު ކޮށްފައިވަނީ އެ ސްކޫލްގައި ހަތް ކްލާސްރޫމް، އޭވީ ރޫމް އަދި މަލްޓި ޕާޕަސް ހޯލް އިމާރާތް ކުރުމަށެވެ.

މި މަޝްރޫއު ހަވާލު ކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއި ކުރެއްވީ ސީނިޔާ ޕޮލިސީ ޑިރެކްޓަރު ނައުޝާދު އިބްރާހީމް އެވެ. ޔެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރު އަހުލާމް ރުޝްދީ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިއީ 2021 ވަނަ އަހަރުގެ ޕީއެސްއައިޕީ ބަޖެޓުން ކުރިޔަށް ގެންދެވޭ މަޝްރޫއެއް ކަމަށެވެ.

މި މަޝްރޫއު އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ 18.9 މިލިއަން ރުފިޔާއަށެވެ. މަސައްކަތް ނިންމަން ޖެހެނީ އެއް އަހަރު ދުވަހުގެ ތެރޭގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް