މާލޭގެ ދެކުނު ހާބަރު ސަރަޙައްދުގައި ސީސީޓީވީ ކެމެރާ ހަރުކޮށް، 24 ގަޑިއިރު އެތަން މޮނިޓަރ ކުރެވޭނެ ގޮތް ހަދައިފިއެވެ.
މާލޭ ސިޓީ ކައުންސިލުން ބުނީ އެ ސަރަހައްދުގައި 15 ސީސީޓީވީ ކެމެރާ ހަރުކޮށްފަވާ ކަމަށެވެ.
މާލޭގެ ދެކުނު ފަރާތުގައި ސީސީޓީވީ ކެމެރާ ހަރުކުރަން ނިންމީ އެ ސަރަހައްދުގެ ފަޅުތެރޭގައި އަޅާ އުޅަނދުތަކުން ވައްކަން ކޮށް ގެއްލުންދޭ މައްސަލަ ތައް ބޮޑުވެފައިވާތީ އެވެ. ކެމެރާތައް ހަރުކޮށްފައިވަނީ މެރީބްރައުން ކުރިމަތިން ފެށިގެން ސްޓެލްކޯގެ ޕަމްޕް ސްޓޭޝަންއާ ހަމައަށް މުޅި ފަޅުތެރެ ބެލޭނެހެންނެވެ.
މީގެ އިތުރުން އެ ކައުންސިލުން ވަނީ އެ ސަރަހައްދުން ފެން ލިބޭނެ އިންތިޒާމްވެސް ހަމަޖައްސާފަ އެވެ.
މިއީ މާލެ ސިޓީ ސީސީޓީވީ ޕްރޮގްރާމްގެ ދަށުން ކުރިޔަށް ގެންދާ މަޝްރޫއެކެވެ.
މި މަޝްރޫއުގެ ދަށުން ފުުރަތަމަ ކެމަރާ ހަރުކުރީ މިސްކިތްތަކުގައި އެވެ. ފޭސް ތިނެއްގެ ދަށުން މާލޭ އުތުރު ފަރާތު ފަޅުތެރެ ބެލެހެއްޓުމަށް ކެމެރާ ހަރު ކުރުމަށް ވަނީ ނިންމާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް