އިިދިކޮޅު ޕީޕީއެމް/ ޕީއެންސީން މިއަދު ބޭއްވި އެއްވުމުގައި ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގެންނެވުމުން ފިޔަވަޅު އަޅާނެ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބުނެފި އެވެ.
އިދިކޮޅުން މިއަދު ބޭއްވި މުޒާހަރާ ޕީޕީއެމް ދޮރުމަތިން ފަށައިގެން ކުރިޔަށް ދަނިކޮށް ފުލުހުން ހުއްޓުވީ ކާނިވާ އާއި ހިސާބުންނެވެ. އެހެންވެ އެއްވުމުގެ ބައިވެރިން އެނބުރި ގޮސް ތިބީ ރައީސް ޔާމިން ދިރިއުޅުއްވާ ހ. ދޫވެހި ކައިރީގައި އެވެ.
އެވަގުތު ޔާމީން ވަނީ ކުޑަދޮރުން ބޯދިއްކުރައްވާ ބައިވެރިންނަށް ހިނިތުންވުމާއި އެކު ހަތް ހޫރުވައި، ދިވެހި ދިދަ އަކާއި ޕިޕީއެމް ދިދައެއްވެސް ހުރުވާފަ އެވެ.
މި ކަމާއި ގުޅިގެން ކޮމިޝަނާ އޮފް ޕްރޮޒަންސް އަހުމަދު މުހައްމަދު ފުޅު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޔާމީން އަމަލުކުރެއްވީ ގޭ ބަންދަށް ބަދަލުކުރި އިގުރާރާ ހިލާފަށް ކަމަށެވެ. އެހެންވެ، އެ މައްސަލަ ބަލައި ފިޔަވަޅު އަޅުއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަޅާނެ ފިޔަވަޅާއި ގުޅޭގޮތުން އެއްޗެއް ހާމައެއް ނުކުރައްވަ އެވެ.
https://twitter.com/ahumadhumohamed/status/1436328640493416453
ޔާމީން ގޭ ބަންދަށް ބަދަލު ކުރީ ޖަލުތަކުގައި ކޯވިޑް ފެތުރެން ފެށުމުން ކަމަށް ބުނެ އެވެ. އެކަމަކު މިހާރު އެއްވެސް ޖަލެއްގެ ކޮންޓްރޯލެއް ނެތި ކޯވިޑް ފެތުރެމުން ނުދާއިރު އެމަނިކުފާނު އަނބުރާ ޖަލަށް ގެންދިއުމާއި މެދު ކަރެކްޝަންސްއިން އެއްޗެއް ނުބުނެ އެވެ.
ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީން އެއްވުމުގައި ބައިވެރިވެވަޑައިގެންނެވި އިރު، މިއީ ހުކުމްތަކުުގައި ތިއްބަވާ ފަރާތްތަކަށް މަނާ ކަމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް