ގިނަ ދުވަސްތަކަކަށް ފަހު، ރައީސް ޔާމީން ޕްރޮގްރެސިވް ކޯލިޝަންގެ ހަރަކާތެއްގައި ބައިވެރިވެވަޑައިގެންފި

ގިނަ ދުވަސްތަކަކަށް ފަހު، ރައީސް ޔާމީން ޕްރޮގްރެސިވް ކޯލިޝަންގެ ހަރަކާތަކުން ފެނިއްޖެ އެވެ. ޕްރޮގްރެސިވް ކޯލިޝަނުން "އިންސާފު ހޯދަން" ނަމުގައި މިއަދު ކުރިއަށް ގެންދާ މުޒާހަރާގައި ކުރީގެ ރައީސް އަބްދުﷲ...

10 Sep 2021 | 12:52

ގިނަ ދުވަސްތަކަކަށް ފަހު، ރައީސް ޔާމީން ޕްރޮގްރެސިވް ކޯލިޝަންގެ ހަރަކާތަކުން ފެނިއްޖެ އެވެ.

ޕްރޮގްރެސިވް ކޯލިޝަނުން "އިންސާފު ހޯދަން" ނަމުގައި މިއަދު ކުރިއަށް ގެންދާ މުޒާހަރާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގެންފައިވަނީ ގޭގައި ހުންނަވައިގެން ނެވެ.

މުޒާހަރާގެ ބައިވެރިން ޕީޕީއެމް އޮފީސް ކަރިން ރައީސް ޔާމީންގެ ގެކޮޅު ކުރިމަތީގައި ތިބި އިރު، ރައީސް ޔާމީން ވަނީ ގެކޮޅުގެ ކުޑަދޮރުން މުޒާހަރާގެ ބައިވެރިންނާ ބައިވެރިވެވަޑައިގެންފަ އެވެ.

އެމަނިކުފާނު ވަނީ ގޭގެ ކުޑަދޮރުން ގައުމީ ދިދަ އާއި ޕާޓީގެ ދިދަ ވެސް ހޫރުއްވާފަ އެވެ.

https://twitter.com/ProgressPartyMV/status/1436303465928552450?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1436303465928552450%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fthepress.mv%2F129767

އެ ކޯލިޝަންގެ މުޒާހަރާގައި ގިނަ ބަޔަކު ބައިވެރިވެފައިވާ އިރު، މިއީ ކޮވިޑު ބަލީގެ ސަބަބުން މިފަދަ ހަރަކާތްތައް ނުބާއްވާތާ ދުވަސްތަކެއް ވުމަށްފަހު އެވެ.

މާލޭގެ އިތުރުން އަތޮޅު ތެރޭގައި ވެސް އަންނަނީ އިހުތިޖާޖު ކުރަމުން ނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް