ކެއުން ބުއިމުގައި އިސްރާފު ކުރުމަކީ އިންސާނާއަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމެއް ކަމުގައި މިއަދުގެ ހުކުރު ޚުތުބާގައި ބުނެފި އެެވެ.
ޚުތުބާގައި ބުނީ އެކަމުގެ ސަބަބުން އޭނާއަށް އެތައް ބަލިތަކެއް ޖެހިދާނެ ކަމަށާއި އޭނާގެ ދުޅަހެޔޮކަން ނަގައިލާފާނެ ކަމަށެވެ.
"މި ޒަމާނަށް ބަލާ އިރު، ކައިވެނީގެ ވަލީމާތަކުގައި ތަފާތު މުނާސަބުތަކުގައި ބާއްވާ ޕާޓީތަކުން އިސްރާފުގެ ކުލަތައް ފެނޭ. މިއީ ދީނީގޮތުން ބަލާ އިރު، އެއްގޮތަކަށް ވެސް ރަނގަޅުކަމެއް ނޫން. ހަގީގަތުގައި އެއީ މާތްﷲ ދެއްވި މުދަލުން ކުެރވޭ އިސްރާފެއް. ގިނަބަޔަކު ވަލީމާތައް ބާއްވަނީ ސުންނަތް ގާއިމު ކުރުމަކަށް ނޫން. އެކަކަށް ވުރެ އަނެކަކުގެ މޮޅުކަމާއި މުއްސަނދިކަމާއި ފޯރުންތެރިކަން ދެމެހެއްޓުމަށް." ޚުތުބާގައި ބުނެފައި ވެއެވެ.
ޚުތުބާގައި އިތުރަށް ބުނީ މި ވަލީމާތަކުގެ އާޚިރު ނަތީޖާއަކީ ތިމާ ދަރަނިވެރިވުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް