ޕީޕީއެމް، ޕީއެންސީގެ ޕްރޮގްރެސިވް ކޯލިޝަންގެ މަގުމަތީ ހަރަކާތް ފަށައިފި އެވެ.
މިއަދު ހަވީރު 4 ޖެހި އިރު ފެށި މި ހަރަކާތުގައި އެ ކޯލިޝަންގެ ލީޑަރޝިޕްގެ ގިނަ ބޭފުޅުން ދަނީ ހަރަކާތްތެރިވަމުން ނެވެ.
ގިނަ އަދަދެއްގެ ކަނަބަލުންނާއި ޒުވާނުން ވެސް މި ހިނގާލުމުގައި ބައިވެރިވާ އިރު، މިއީ މިއީ ކޯވިޑް-19 ގެ ހާލަތު މިފަހުން ގޯސްވުމަށްފަހު އެޕާޓީން އިންތިޒާމުކުރާ ފުރަތަމަ މަގުމަތީ ހަރަކާތެވެ.
އެ ކޯލިޝަނުން މިއަދު ފެށި މި ހިނގާލުމަކީ ރާއްޖޭގައި މޮނިޓަރިންގ ގެ ހާލަތުގައި ނެތް ކޮންމެ ރަށެއްގައި ބާއްވާ ހަރަކާތެއް ކަމަށް އެ ކޯލިޝަނުން ވަނީ ބުނެފަ އެވެ.
އިދިކޮޅު ކޯލިޝަނުން ކުރިއަށްދާ މުޒާހަރާއަށް ކުރިއަށް ނުދެވޭނެހެން މުޒާހަރާގެ ބައިވެރިންނަށް ފުލުހުން މިހާރުވަނީ ހުރަސް އަޅާފަ އެވެ.
ޕްރޮގްރެސިވް ކޯލިޝަންގެ މި ހިނގާލުމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ހިންގި މަނީ ލޯންޑަރިންގެ މައްސަލައިގެ ހުކުމް އިއްވި ފަސް ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގެންނެވި ތިން ފަނޑިޔާރަކު އެ ހުކުމާ މެދު ސުވާލު އުފެދޭ ގޮތަށް ދެއްކެވި ވާހަކަތަކެއް ކަމަށް ބުނެ އާންމުވި އޯޑިއޯތަކުގެ މައްސަލައާ ގުޅިގެން ބާއްވާ ހަރަކާތެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް