ޗައިނާގެ ވޫހާން ސިޓީން މުޅި ދުނިޔެއަށް ފެތުރެން ފެށި ކޮވިޑް-19 އާލަމީ ވަބާ އިން ރާއްޖޭގެ ރައްޔިތުން ސަލާމަތްކޮށްދިނުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި ސަރުކާރުން އަންނަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުން ނެވެ.
ޢާންމުން ހޭލުންތެރިކުރުވުމަށް ތަފާތު އެކި މަންސަ (ޕްލެޓްފޯމު) ތަކުގައި އަންނަނީ ތަފާތު އެތައް ހަރަކާތްތަކެއް ހިންގަމުން ނެެވެ.
ވަކި ޖިންސެއް، ޢުމުރުފުރާއެއް، ގައުމެއް، ނަސްލެއް ތަފާތު ކުރުމެއް ނެތި މި ބަލިން ރައްކާތެރިވުމަށް ކުރެވޭނެ އެންމެހައި ކަންކަން އަންނަނީ އަންގައިދެމުން ނެވެ. އެއްވެސް ފޮރުވުމެއް ނެތި އެވެ. މިއީ ދުނިޔޭގެ އެހެން ގައުމުތަކުގައި ޢާންމުކޮށް ކުރާ ކަމެއް ނޫނެވެ.
މީގެ ނަތީޖާއަކީ ރާއްޖެއަކީ ކޮވިޑުން ރައްކާތެރިވުމަށް އެންމެ ރައްކާތެރިކަމާއެކު، ދެފުށް ފެންނަ ސިޔާސަތަކުން ކަންކަން ކުރަމުން އަންނަ ގައުމެއްގެ ގޮތުގައި މުޅި ދުނިޔެ ބަލައިގަތުމެވެ.
އެޗްޕީއޭ ގެ ސޯޝަލް މީޑިއާ ގައި ޢާންމުކުރާ ގިނަ ވީޑިއޯތަކަކީ ޢާންމުގެ ސަމާލުކަން ލިބޭ މެސެޖުތައް ފޯރުކޮށްދޭ ވީޑިއޯ ތަކެކެެވެ. އެގޮތުން އެ އިދާރާ އިން މިއަދު ޢާންމުކުރި ވީޑިއޯ އަކީ ވެސް ގިނަ ބައެއްގެ ހިތަށް ވަރަށް ފުން އަސަރުތަކެއް ކުރުވާ މެސެޖެއް ހިމެނޭ ވީޑިއޯ އެވެ.
"ލޯބިވާ އެންމެނަށް" މި ނަމުގައި ޢާންމު ކުރި ވީޑިއޯގެ ޓައިޓްލް ގައި ބުނެފައިވަނީ "މިއީ މިބަލިމަޑު ކަމުން މުޅި މުޖުތަމައު ސަލާމަތް ކޮށްދިނުމަށް އެންމެންގެ އަތުކުރި އޮޅާލައިގެން އެކުއެކީ ނުކުންނަން ވީ ވަގުތު. މިއީ ލޯބިވާ ހުރިހާ އެންމެންނަށްޓަކާ ވެކްސިން ޖަހާ، އޭގެ ރައްކާތެރިކަން ލިބިގަންނަން ވީ ވަގުތު" ކަމަށެވެ.
އެ ވީޑިއޯ ގައި ލޯބިވާ މަންމ،ައަށް، ބައްޕައަށް ކާފައަށް މާމައަށް ބޭބެއަށް ކޮއްކޮއަށް ދައްތައަށް ބުނެލަނީ އެންމެން ދެކެވެސް ވަރަށް ލޯބިވާ ކަމަށް ވަނީ ބުނެފަ އެވެ. އަދި ކިތަންމެ ދުރުގައި ހުއްޓަސް، މައްސަލަތަކެއް ޖެހިފައި ހުއްޓަސް ވަރަށް ލޯބިވާ ކަމަށް ވެސް ބުނެއެވެ.
އޭގައި އިތުރަށް ބުނެފައިވަނީ ގެއަށް ދާން ބޭނުން ކަމަށާއި ދަރިފުޅު އުރާލަން ބޭނުން ކަމަށެވެ. އެކަމަކު އެކަން ވާން އޮތީ މިބަލިން ރައްކާތެރިވުމަށް އޮތް ވެކްސިން ޖަހައިގެން ކަމަށެވެ.
މިހާ ހިސާބުން ދެން އަޅުގަނޑު މި ވީޑިއޯގެ ސަސްޕެންސް ގެއްލުވާލާކަށް ނެތީމެވެ. ބައްލަވާ ލައްވާށެވެ.
https://twitter.com/HPA_MV/status/1436268209347256325
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް