ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އިން ދިފާޢުވުމަށް ޖަހާ ވެކްސިން ފުރިހަމަ ކުރުމުގައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މުވައްޒަފުން ނަމޫނާ ދައްކަމުން އެބަ ދެއެވެ.
އެގޮތުން އެ ކުންފުނީގެ 89 އިންސައްތަ މުވައްޒަފުން ވެކްސިންގެ ދެ ޑޯޒް މިހާރުވަނީ ފުރިހަމަކޮށްފަ އެވެ. އަދި 99.9 އިންސައްތަ މުވައްޒަފުން ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައިވާ ކަމަށް އެ ކުންފުނިން މަޢުލޫމާތު ދެއެވެ.
އެމްއޭސީއެލް އިން ބުނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންނަށް ވެކްސިން ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.
https://twitter.com/MACLmedia/status/1435968200970100746
ކޮވިޑުން ދިފާޢުވުމަށް މިވަގުތު ކުރެވޭނެ އެންމެ ރައްކާތެރި އެއްކަމަކީ ވެކްސިންގެ ދެ ޑޯޒު ފުރިހަމަކުރުން ކަމަށްވާ އިރު، އެއަރޕޯޓަށް ވަނުމުގެ ހުއްދަ ދެވިފައިވާ ރިސޯޓް މުވައްޒަފުންނާއި ކޮންޓްރެކްޓް އުސޫލުން މަސައްކަތް ކުރާ 927 މީހަކު ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައިވާ ކަމަށް ވަނީ މަޢުލޫމާތު ލިބިފަ އެވެ.
ހެލްތް ޕްރޮޓެކްޝަން އޭޖެންސީ އާއި އެމްއޭސީއެލް ގުޅިގެން އެއަރޕޯޓް އިމަރޖެންސީ ސަރވިސަސްގައި މަސައްކަތްކުރާ މުވައްޒަފުންނަށް ވެކްސިން ޖެހުމުގެ ޕްރޮގްރާމް ފަށާއިފައިވަނީ މިއަހަރުގެ މާރޗް މަހުގެ 29 ވަނަ ދުވަހު އެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމަށް ވެކްސިން ޖަހަން ފަށާފައިވަނީ މި އަހަރުގެ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ނެވެ. އަދި ރާއްޖޭގެ ބޮޑު އާބާދީއެއް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.
މިނިސްޓްރީ އޮފް ހެލްތުގެ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރާ ގަރާރުގެ ދަށުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުން އެޅުމަށް ނިންމަވާފައިވާ ޚާއްސަ ފިޔަވަޅުތަކާ ގުޅިގެން ކޮވިޑް-19 އިން ރައްކާތެރިވުމަށް، ވެކްސިން ޖެހުމަށް ޝަރުތުހަމަވާ ފަރާތްތަކުން ވީހާވެސް އަވަހަކަށް ވެކްސިން ފުރިހަމަކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ވެސް ވަނީ އިލްތިމާސް ކުރައްވާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް