އައްޑޫ ސީޓީގެ ރަށްތަކުގައި ކޯވިޑް-19 ޖެހިފަ ތިބި މީހުންގެ އަދަދު އަދިވެސް ހުރީ 300 އިން މތީގައި ކަމަށް ތަފާސް ހިސާބުން ދައްކައިފި އެވެ.
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ ރޭ އާންމު ކުރި އެންމެ ފަހުގެ ތަފާސް ހިސާބު ދައްކާގޮތުން އިއްޔެ އަލަށް އެ ސީޓީގެ ރަށްތަކުން 19 މީހަކު ކޯވިޑަށް ޕޮސިޓިވްވެފައިވެ އެވެ. އެއާއި އެކު އެ ސިޓީގެ ރަށްތަކުގައި ހުރި ކޯވިޑް އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 315 އަށް އަރާފަ އެވެ.
އޭގެ ތެރެއިން ފަސް މީހަކަށް ފަރުވާ ދެނީ ހިތަދޫ ކޯވިޑް މެނޭޖްމެންޓު ފެސިލިޓީގައި އެވެ.
އިއްޔެ ޕޮސިޓިވްވި މީހުންގެ ތެރެއިން ހަތް މީހުންނަކީ މަރަދޫއިން ޕޮސިޓިވްވި މީހުންނެވެ. ދެން ބަލި ޖެހިފައިވަނީ ހިތަދޫއިން 10 މީހުންނާއި ފޭދޫން ދެމީހެކެވެ.
މވަގުތު ކޯވިޑް ޖެހިފަތިބި މީހުންގެ އަދަދަށް ބަލާއިރު މަރަދޫގައި 135 މީހުން އެބަތިއްބެވެ. މަރަދޫފޭދޫގައި 10 މީހުން ތިބި އިރު ފޭދޫގައި 28 މީހުން، މީދޫގައި 32 މީހުން އަދި ހިތަދޫގައި 99 މީހުންގެ އިތުރުން ގަމުގައި އެކަކު އަދި ހުޅުދޫގައި ކޯވިޑް ޖެހިފަ ހުރި 10 މީހުން އެބަތިއްބެވެ.
މިހާތަނަށް އެ ސިޓީގެ ރަށްތަކުން 1،107 މީހުންނަށް ކޯވިޑް ޖެހިފައިވާއިރު އޭގެ ތެރެއިން 789 މީހުން ވަނީ ރަނގަޅުވެފަ އެވެ. އަދި 19،000 އަށްވުރެ ސާމްޕަލް ނަގާފައިވެ އެވެ.
އައްޑޫގެ ރަށްތަކުގައި ހަލުވިކަމާއި އެކު ކޯވިޑް ފެތުރެމުންދާއިރު އެ ސިޓީގެ ހުރިހާ ރަށްތަކެއް ވަނީ މޮނިޓަރިންއަށް ލާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް