ކޯވިޑް ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކުރި އަދަދު 310،000 އަށް

ރާއްޖޭގައި ކޯވިޑް-19 ވެކްސިން ފުރިހަމަ ކުރި މީހުންގެ އަދަދު 310،000 އަށް އަރައިފި އެވެ. އެޗްޕީއޭއިން ރޭ އާންމު ކުރި އެންމެ ފަހުން ތަފާސް ހިސާބު ދައްކާގޮތުން މިދިޔަ ބުދަ ދުވަހު ކޯވިޑް ވެކްސިންގެ ދެ ވަނ...

10 Sep 2021 | 02:42

ރާއްޖޭގައި ކޯވިޑް-19 ވެކްސިން ފުރިހަމަ ކުރި މީހުންގެ އަދަދު 310،000 އަށް އަރައިފި އެވެ.

އެޗްޕީއޭއިން ރޭ އާންމު ކުރި އެންމެ ފަހުން ތަފާސް ހިސާބު ދައްކާގޮތުން މިދިޔަ ބުދަ ދުވަހު ކޯވިޑް ވެކްސިންގެ ދެ ވަނަ ޑޯޒު 2،499 މީހަކު ޖަހާފައިވެ އެވެ. މިއާއި އެކު ވެކްސިން ފުރިހަމަ ކުރި މީހުންގެ އަދަދު ވަނީ 310،592 އަށް އަރާފަ އެވެ.

ބުދަ ދުވަހު މާލެ ސަރަހައްދުގެ ވެކްސިން ސެންޓަރުތަކުން ދެވަނަ ޑޯޖު ޖަހާފައިވަނީ 1،097 މީހުންނެވެ. އަތޮޅުތެރޭގެ ވެކްސިން ސެންޓަރުތަކުން ކޯވިޑް-19 ވެކްސިން ފުރިހަމަކޮށްފައިވަނީ 1،402 މީހުންނެވެ.

އެދުވަހު ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހީ 391 މީހުންނެވެ. އޭގެ ތެރެއިން 146 މީހުން ފުރަތަމަ ޑޯޒު ޖެހީ މާލެއިންނެވެ. އަނެއް 245 މީހުން ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހީ އަތޮޅު ތެރޭގެ ވެކްސިން ސެންޓަރު ތަކުންނެވެ.

ބުދަ ދުވަހު ފުރަތަމަ ޑޯޒު ޖެހި މީހުންނާއި އެކު ރާއްޖެއިން ކޯވިޑް ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހި އަދަދު ވަނީ 387،195 އަށް އަރާފަ އެވެ.

ރާއްޖޭގައި މިހާރު ދެމުން ދަނީ އެސްޓްރަޒެނިކާ ވެކްސިން އާއި ފައިޒާ ވެކްސިން އަދި ސިނޮފާމް ވެކްސިން އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް