ބައި އިލެކްޝަންތައް ހުއްޓުވައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ހަތަރު ދާއިރާއެއްގެ ބައި އިލެކްޝަން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކޮށްފައިވާ އިއުލާނު ބާތިލްކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ. ގޮނޑި ...

10 Sep 2017 | 11:25

ރައްޔިތުންގެ މަޖިލީހުގެ ހަތަރު ދާއިރާއެއްގެ ބައި އިލެކްޝަން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކޮށްފައިވާ އިއުލާނު ބާތިލްކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.

ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅައި ބައި އިލެކްޝަން ބާއްވަން އީސީން އިއުލާނުކޮށްފައިވަނީ މަޑުއްވަރީ ދާއިރާ، ތުލުސްދޫ ދާއިރާ، ދިއްދޫ ދާއިރާ އަދި ވިލިގިލީ ދާއިރާ އެވެ. އެކަމަކު ބައި އިލެކްޝަން ބާއްވާނެ ވަކި ތާރީހެއް އަދި ހާމައެއް ނުކުރެ އެވެ.

އެ ބައި އިލެކްޝަންތައް ބޭއްވުން ބާތިލްު ކަމަށް ކަނޑައަޅައި ދިނުމަށް ހުށަހަޅާފައިވަނީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި، އެމްޑީޕީ، އަދާލަތު ޕާޓީ އަދި ޖުމްހޫރީ ޕާޓީންނެވެ.

ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގަ ބުނެފައިވަނީ އެ ހަތަރު މެމްބަރުންގެ ގޮނޑި ގެއްލިއްޖެ ކަމަށް އީސީން ކަނޑައެޅީ، ސުޕްރީމް ކޯޓުން މިދިޔަ ޖުލައި މަހުގެ 13 ވަނަ ދުވަހާއި 16 ވަނަ ދުވަހު ކޮށްފައިވާ ހުކުމާ ހިލާފަށް ކަމަށެވެ. އަދި ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ މިނިވަންކަމާއި އަސާސީ ހައްގުތައް ވެސް ނިގުޅައިގަނެވޭ ގޮތަށް ކަމަށެވެ.

އިތުރަށް އެދިފައިވަނީ ސުޕްރީމް ކޯޓުގެ ހުކުމާ އެއްގޮތަށް އަމަލުކުރުމަށް އެ މައްޗަށް ތަބާވުމަށް ގާނޫނު އަސާސީގެ 144 ވަނަ މާއްދާގެ (ށ) ގެ ދަށުން އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަމުރުކޮށްދިނުމަށެވެ.

އެ ދާއިރާތައް ތަމްސީލް ކުރައްވާ ހަތަރު މެންބަރުން އިއްޔެ ވިދާޅުވީ ގޮނޑި ގެއްލިފައިވޭތޫ ނުވަތަ ނޫންތޯ ސުޕްރީމް ކޯޓުން ކަނޑައަޅައިދޭން ޖެހޭ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް