މާއްދާތައް ފެންނަވަރުގެ ގާނޫނު އަސާސީގެ ބޮޑު ކޮޕީއެއް އޭޖީއަށް އަރުވައިފި

ގާނޫނީ ވަކީލުންގެ ފަރާތުން އެޓާނީ ޖެނެރަލް މުހައްމަދު އަނިލްއަށް ގާނޫނު އަސާސީގެ "ބޮޑު" ކޮޕީއެއް އަރުވައިފި އެވެ. ގާނޫނީ ދާއިރާގައި މަސައްކަތް ކުރާ ގާނޫނީ ވަކީލުންތަކެއް އިސްނަގައިގެން ޕްރިންޓުކޮށް އަ...

10 Sep 2017 | 10:00

ގާނޫނީ ވަކީލުންގެ ފަރާތުން އެޓާނީ ޖެނެރަލް މުހައްމަދު އަނިލްއަށް ގާނޫނު އަސާސީގެ "ބޮޑު" ކޮޕީއެއް އަރުވައިފި އެވެ.

ގާނޫނީ ދާއިރާގައި މަސައްކަތް ކުރާ ގާނޫނީ ވަކީލުންތަކެއް އިސްނަގައިގެން ޕްރިންޓުކޮށް އަނިލްއަށް އަރުވާފައިވަނީ ކުލަކޮށް، އޭ ތްރީ ގަނޑުގައި ޕްރިންޓުކޮށްފައިވާ ގާނޫނު އަސާސީގެ ކޮޕީ އެކެވެ. އެ ކޮޕީއައި އޭޖީ އޮފީހުން ވަނީ ހަވާލުވެފަ އެވެ.

މިކަމުގައި އިސްކޮށް އުޅުއްވާ ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދު ވިދާޅުވީ ގާނޫނު އަސާސީގެ ބޮޑު ކޮޕީއެއް އޭޖީއަށް އެރުވީ ގާނޫނުގެ ބައެއް މާއްދާތައް މާނަކުރުމުގައި ދައުލަތުގެ ބައެއް އިދާރާތަކަށާއި ބައެއް ބޭފުޅުންނަށް އޮޅުން އަރާ ކަމަށް ބެލެވޭތީ އެވެ. ސުއޫދު ވިދާޅުވީ ބޭނުންނަމަ އެހެން އިދާރާތަކުގެ ބޭފުޅުންނަށްވެސް ހިލޭ ކޮޕީ އަރުވާނެ ކަމަށެވެ.

ގާނޫނު އަސާސީގެ ބޮޑު ކޮޕީއެއްގެ އިތުރުން ވަކީލުންގެ ފަރާތުން ވަނީ އޭޖީއަށް ޕެޓިޝަނެއްވެސް ހުށަހަޅާފަ އެވެ.

އޭޖީ އޮފީހުގެ އިތުރުން ވަކީލުންގެ ފަރާތުން ވަނީ ސުޕްރީމް ކޯޓަށްވެސް ޕެޓިޝަނެއް ހުށަހަޅާފައި އެވެ. އެކަމަކު އެ ޕެޓިޝަން ބަލައިގެންފައެއް ނުވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް