ބޮޑެތި ޖިނާއީ މައްސަލަތައް ތަހުގީގު ކުރި ރިޔާޒް ފުލުހުންގެ ވަޒީފާއިން ވަކިކޮށްފި

މޯލްޑިވްސް ޕޮލިސް ސާވިސްގެ ޗީފް ސްޕްރިންޑެންޓް އޮފް ޕޮލިސް މުހައްމަދު ރިޔާޒް ފުލުހުންގެ ވަޒިފާއިން ވަކިކޮށްފިއެވެ. އޭނާ ވަޒީފާއިން ވަކިކުރަން ނިންމީ ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުންނެވެ. އެ ބޯޑުން ބެލީ ...

10 Sep 2017 | 07:14

މޯލްޑިވްސް ޕޮލިސް ސާވިސްގެ ޗީފް ސްޕްރިންޑެންޓް އޮފް ޕޮލިސް މުހައްމަދު ރިޔާޒް ފުލުހުންގެ ވަޒިފާއިން ވަކިކޮށްފިއެވެ.

އޭނާ ވަޒީފާއިން ވަކިކުރަން ނިންމީ ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުންނެވެ. އެ ބޯޑުން ބެލީ ރިޔާޒާއި ގުޅޭ ކޮން މައްސަލައެއް ކަމެއް އަދި އޭނާ ވަކިކުރީ ކީއްވެ ކަމެއް ނޭނގެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ވަޒީފާއިން ވަކިކުރަން ނިންމީ މީގެ ހަތަރުވަރަކަށް ދުވަސް ކުރިންނެވެ. އެގޮތަށް ނިންމި އިރު ރިޔާޒު ހުންނެވީ ޗުއްޓީގައި އެވެ. ރިޔާޒާއި ގުޅޭގޮތުން ޑިސިޕްލިނަރީ ބޯޑުން ބެލި މައްސަލައިގަ އޭނާ ހާޒިރުކޮށް ސުވާލުކޮށްފައިވާ ކަމަށްވެ އެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ ފުލުހުންނާއި ގުޅޭ ޑިސިޕްލިނަރީ މައްސަލަތަކަކީ މީޑިއާއަށް ހާމަކުރާ މައުލޫމާތުތަކެއް ނޫންކަމަށެވެ.

ރިޔާޒް ފުލުހުންގެ ވަޒީފާއިން ވަކިކުރި އިރު އޭނާ ވަނީ ކްރައިމް އިންވެސްޓިގޭޝަންކޮމާންޑުން ކޮމިޝަނަރ ބިއުރޯއަށް ދާދި ފަހުން ބަދަލުކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް