ޒައިން މާލިކް އިސްތަށިގަނޑު ހަލާކުކޮށްލެވިގެން ބޯ ބާލައިފި

އިނގިރޭސި މަޝްހޫރު ލަވަކިޔުންތެރިޔާ ޒައިން މާލިކް ކުއްލިއަކަށް ބޯ ބާލައިފި އެވެ. އޭނާ ބޯބޭލިކަން އެންމެންނަށް އެނގުނީ ލޯބިވެރިޔާ މީގެ ދެތިން ދުވަސް ކުރިން އޭނާގެ އިންސްޓަގްރާމްގައި ޕޯސްޓު ކުރި ފޮޓޯއަކ...

10 Sep 2017 | 04:26

އިނގިރޭސި މަޝްހޫރު ލަވަކިޔުންތެރިޔާ ޒައިން މާލިކް ކުއްލިއަކަށް ބޯ ބާލައިފި އެވެ.

އޭނާ ބޯބޭލިކަން އެންމެންނަށް އެނގުނީ ލޯބިވެރިޔާ މީގެ ދެތިން ދުވަސް ކުރިން އޭނާގެ އިންސްޓަގްރާމްގައި ޕޯސްޓު ކުރި ފޮޓޯއަކުންނެވެ.

ފަހުން އޭނާގެ ލޯބިވެރިޔާ އާއި އެކު ނަގާފައިވާ ފޮޓޯއެއް އިސްޓަގްރާމް ކުރުމަށް ފަހު ޒައިން ބުނެފައިވަނީ ބޯ ބާލަން ޖެހުނީ އަމިއްލައަށް އިސްތަށިގަނޑު ހަލާކުކޮށްލެވުމުން ކަމަށެވެ. އޭނާ ބުނީ އެކި ފަހަރު ބްލީޗް ކުރުމުން އިސްތަށިގަނޑަށް ބޮޑެތި ގެއްލުންތަކެއް ލިބި ހަޑިވެފައިވާ ކަމަށެވެ.

އުމުރުން 24 އަހަރުގެ ޒައިންގެ ބޯ ބޭލުމުން ސަޕޯޓަރުންނަށް ލިބުނީ ބޮޑު ހައިރާން ކަމެކެވެ. އެހެންވެ އޭނާ ބުނެފައިވަނީ މިހާރު އިސްތަށި ފަޅަން ފަށާފައިވާ ކަަމަށާއި ވަރަށް އަވަހަށް ކުރިން ހުރި ވަރަށް އިސްތަށިގަނޑޫ ދިގުވާނެ ކަމަށެވެ.

ޒައިން މާލިކަކީ އޭނާގެ ރީތިމަކާ ހުނަރުވެރިކަމުން ގިނަ އަންހެން ކުދިންގެ ހިތްދަމައި ގަންނަމުން އަންނަ ލަވަކިޔުންތެރި އެކެވެ. އަދި އޭނާގެ އިސްތަޝިގަނޑަށް ގެންނަ ބަދަލަކީ އަންހެން ކުދިންނަށް ވަރަށް ކަމުދާ ސްޓައިލްތަކެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް