އިންޑިއާގައި ސީޕްލޭން ބޭނުން ކުރަން ފަށަނީ

އިންޑިއާގައި ދާދި އަވަހަށް ސީޕްލޭންގެ ހިދުމަތް ފެށުމަށް ސަރުކާރުން ތައްޔާރުވަމުން އަންނަ ކަމަށް އިންޑިއާ ނޫސްތަކުން ބުނެފި އެވެ. އެގޮތުން ޓައިމްސް އޮފް އިންޑިއާގައި ހާމަކޮށްފައިވާގޮތުގައި އަންނަ ހަފްތ...

09 Sep 2017 | 23:16

އިންޑިއާގައި ދާދި އަވަހަށް ސީޕްލޭންގެ ހިދުމަތް ފެށުމަށް ސަރުކާރުން ތައްޔާރުވަމުން އަންނަ ކަމަށް އިންޑިއާ ނޫސްތަކުން ބުނެފި އެވެ.

އެގޮތުން ޓައިމްސް އޮފް އިންޑިއާގައި ހާމަކޮށްފައިވާގޮތުގައި އަންނަ ހަފްތާގެ ތެރޭގައި ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭ، އިންޑިއާއަށް ޒިޔާރަތް ކުރުމަށް ހަމަޖެހިފައިވާއިރު އަބޭގެ މި ދަތުރުފުޅުގެ ތެރޭގައި، ޖަޕާނުގެ ކުންފުންޏެއް ކަމުގައިވާ ސްޕައިސް ޖެޓާއެކު އިންޑިއާއިން އެއްބަސްވުމެއްގައި ސޮއި ކުރާނެ އެވެ.

އެ އެއްބަސްވުމުގެ ދަށުން ސްޕައިސް ޖެޓުން އިންޑިއާއަށް ސީޕްލޭން ފޯރުކޮށްދޭން ފަށާނެ އެވެ. އަދި ސީޕްލޭން މަރާމާތު ކުރުމަށް އެކަމަށް ހާއްސަ ތަންތަން ސްޕައިސް ޖެޓުން ގާއިމް ކުރާނެ އެވެ.

އިންޑިއާގައި އެންމެ ފުރަތަމަ ސީޕްލޭން ބޭނުން ކޮށްފައިވަނީ 2010 ވަނަ އަހަރުގަ އެވެ. ބޭނުން ކޮށްފައިވަނީ އަންޑަމަން އަދި ނިކޮބަރ އައިލެންޑްގެ ރަށްތަކުގަ އެވެ. މި ރަށްތަކަކީ އިންޑިއާގެ ރަށްތަކެކެވެ. އެފަހަރު ސީ ޕްލޭންގެ ހިދުމަތް ހުއްޓާލާފައިވަނީ ސީޕްލޭން މަރާމާތު ކުރުމަށާއި އޮޕަރޭޓް ކުރުމަށް ބޮޑެތި ހަރަދުތަކެއް ހިނގާ ކަމަށް ބުނެ އެވެ.

އިންޑިއާއިން މީގެ ކުރިން ހާމަކޮށްފައިވާގޮތުގައި އިންޑިއާގައި ސީޕްލޭން ގާއިމް ކުރުމުގެ އެންމެ ބޮޑު މަގްސަދަކީ އެގައުމުގެ ފަތުރުވެރިކަން ކުރި އެރުވުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް