މިހާތަނަށް ބޭނުންކުރަމުން އައީ ތިން ވައްތަރެއްގެ ޗޮކްލެޓެވެ. ޑާރކް ޗޮކޮލެޓާއި މިލްކް ޗޮކޮލެޓާއި ވައިޓް ޗޮކޮލެޓެވެ. ނަމަވެސް ޗޮކޮލެޓް ކުންފުންޏެއް ކަމުގައިވާ ބެރީ ކޮލެބޯޓުން މިވަނީ ހަތަރުވަނަ ވައްތަރެއްގެ ޗޮކޮލެޓް ވާކަން ހާމަކޮށްފި އެވެ.
އެ ކުންފުނިން މި ޗޮކޮލެޓް ވުޖޫދުގައި ވާކަން ދެނެގަނެފައިމިވަނީ ސައިންޓިސްޓުންގެ މައްޗަށް އެކުލެވޭ ޓީމަކާއި ގުޅިގެން ކުރި ދިރާސާތަކަކަށް ފަހުގަ އެވެ.
ޗޮކޮލެޓްގެ މި ބާވަތަށް ދީފައިވާ ނަމަކީ ރޫބީ ޗޮކޮލެޓެވެ. މި ޗޮކޮލެޓް ހުންނަނީ ޕިންކް ކުލައިގަ އެވެ. މި ޗޮކޮލެޓް އުފައްދަނީ ރޫބީ ކޮކޯއާ ބީންސް ބޭނުން ކޮށްގެނެވެ. މީގައި އެކުލެވޭ ކުލައަކީ ގުދުރަތީ ކުލަ ކަމަށް ބެރީ ކޮލެބޯޓުން ވަނީ ހާމަކޮށްފަ އެވެ.
މި ބާވަތުގެ ޗޮކޮލެޓް މާކެޓަށް ނެރޭނެ ވަކި ތާރީހެއް އެ ކުންފުނިން އަދި ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް މި ބާވަތުގެ ޗޮކޮލެޓްގެ ގިނަ ބްރޭންޑްތަކެއް ބާޒާރަށް ނެރޭނެކަން އެ ކުންފުނިން ވަނީ ހާމަކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް