އައިއެސް ޖަމާއަތުގެ ހަނގުރާމައާއި ބެހޭ ވަޒީރު މަރާލެވިއްޖެ: ރަޝިޔާ

އައިއެސް ޖަމާއަތުގެ އިސް ވެރިންތަކެއް މަރާލެވިފައިވާކަމަށާއި އޭގެ ތެރޭގައި އައިއެސްގެ މަޝްހޫރު ނަމެއް ކަމުގައިވާ ޑެއި އެޒޯރްގެ އަމީރު އަބޫ މުހައްމަދު އަލް ޝިމާލީއާއި އައިއެސް ޖަމާއަތުގެ ހަނގުރާމައާއި ...

09 Sep 2017 | 21:38

އައިއެސް ޖަމާއަތުގެ އިސް ވެރިންތަކެއް މަރާލެވިފައިވާކަމަށާއި އޭގެ ތެރޭގައި އައިއެސްގެ މަޝްހޫރު ނަމެއް ކަމުގައިވާ ޑެއި އެޒޯރްގެ އަމީރު އަބޫ މުހައްމަދު އަލް ޝިމާލީއާއި އައިއެސް ޖަމާއަތުގެ ހަނގުރާމައާއި ބެހޭ ވަޒީރު މަރާލެވިފައިވާކަމަށް ރަޝިޔާއިން ހާމަކޮށްފި އެވެ.

ރަޝިޔާއިން މިކަން ހާމަކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހު އައިއެސް ޖަމާއަތަށް އަމާޒުކޮށް ސީރިޔާގެ ސިޓީއެއް ކަމުގައިވާ ޑެއި އެޒޯރަށް އަމާޒުކޮށް ދިން ވަރުގަދަ ވައިގެ ހަމަލާއަކަށް ފަހުގަ އެވެ. އެ ހަމަލާގައި އައިއެސްގެ އިސް ބައެއް ފަރާތްތަކުގެ އިތުރުން އައިއެސްގެ 40 ހަނގުރާމަވެރިއަކު މަރާލެވިފައިވާކަމުގައިވެސް ރަޝިޔާއިން ހާމަކޮށްފައި ވެ އެވެ.

މި ހަމަލާގައި މަރާލެވުނު އެންމެ އިސްފަރާތެއް ކަމުގައި ރަޝިޔާއިން ދެކެނީ އައިއެސް ޖަމާއަތުގެ، ހަނގުރާމައާއި ބެހޭ ވަޒީރު ކަމުގައިވާ ގުލްމުރޯދު ޚަލިމޯވް އެވެ. އޭނާއަކީ އައިއެސް ޖަމާއަތާއި 2015 ވަނަ އަހަރު ގުޅުމުގެ ކުރިން އިރާނުގެ އިންޓީރިއަރ މިނިސްޓްރީގެ އިސްވެރިޔާގެ މަގާމު އަދާކޮށްފައިވާ ފަރާތެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް